13 އެޕްރީލް 2022
އާބާދީގައި 25 މިލިއަން މީހުން ދިރިއުޅޭ ޝަންހާއީގައި، ކޮވިޑް-19ގެ ވަބާ ހަލުވިކަމާ އެކު އަނެއްކާވެސް ފެތުރެން ފެށުމާ އެކު، މުޅި ސަހަރު އެކުގައި ފުރަބަންދުކޮށް ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުގައި ފިޔަވަޅުތައް އަޅަމުންދާތީ، ޝަންހާއީގެ އާންމު ރައްޔިތުންގެ ޝަކުވާ ބޮޑުވާން ފަށައިފި އެވެ.
އާބާދީގައި 25 މިލިއަން މީހުން ދިރިއުޅޭ ޝަންހާއީގައި، ކޮވިޑް-19ގެ ވަބާ ހަލުވިކަމާ އެކު އަނެއްކާވެސް ފެތުރެން ފެށުމާ އެކު، މުޅި ސަހަރު އެކުގައި ފުރަބަންދުކޮށް ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުގައި ފިޔަވަޅުތައް އަޅަމުންދާތީ، ޝަންހާއީގެ އާންމު ރައްޔިތުންގެ ޝަކުވާ ބޮޑުވާން ފަށައިފި އެވެ.
އެއްވެސް ކަމެއްގައި އެއްވެސް މީހަކު ގެއިން ބޭރަށް ނުކުމެ އުޅުން މުޅިން މަނާކޮށް، ކޮވިޑަށް ޓެސްޓުކުރުން މިހާރު ވަނީ، ޝަންހާއީގެ ހުރިހާ ހިސާބެއްގައި މަޖުބޫރުކޮށްފަ އެވެ. ޝަންހާއީގެ އާންމުން ބުނާ ގޮތުގައި ކާބޯތަކެތި ގަތުމަށް ވެސް ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި އޮތުމުން، އާންމު ރައްޔިތުން މިހާރު ބަރޯސާވާންޖެހެނީ، ސަރުކާރުގެ ފަރާތުން ނުވަތަ އަމިއްލަ ކުންފުންޏަކުން ކާބޯތަކެތި ގޭގެއަށް ގެނެސްދޭނެ ވަގުތަކަށެވެ.
ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާ އިދާރާތަކަށް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެ ފިއްތުންތައް ކުރިމަތިވެފަ އެވެ. ގޭގެއަށް ކާބޯތަކެއްޗާއި ބޭހުގެ ސާމާނު ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވާތީ، އާންމުންގެ ޝަކުވާ ވެސް އަންނަނީ އިތުރުވަމުންނެވެ.
ޝަންހާއީގެ އާންމުން ބުނާ ގޮތުގައި ކޮވިޑް ފެތުރޭތީ ކުރިމަތިވާ ހާސްކަމަށް ވުރެ، ފުރަބަންދުގެ ފިޔަވަޅުތައް ހަރުކަށިކަމުން ކުރިމަތިވާ ހާސްކަން މިހާރު މާ ބޮޑެވެ. އެއްވެސް މީހަކަށް ގޭގެ ދޮރާއްޓާ ހަމައަށް ވެސް ނުކުތުން ހުއްދަ އޮންނަނީ، ކޮވިޑް ޓެސްޓުގެ ސާމްޕަލް ނެގުމަށްޓަކައި، ހަޒްމަތު ސޫޓްގައި ތިބޭ ވޮލަންޓިއަރުން އެ ގެއަކަށް އައިސް ޓަކި ޖެހުމުންނެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ޝަންހާއީގައި ފުރަބަންދުގެ ހާލަތު އިއުލާންކޮށް، ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މުޅި ޝަންހާއީގެ އެކި ސަރަހައްދުތަކުގައި، ކޮވިޑަށް ޓެސްޓު ކުރުމަށް ފޭލިގެތައް ޖަހައިގެން، ސިއްހީ ހިދުމަތްތެރިން އަންނަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ.
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ބޭރުގެ ޓޫރިސްޓުންނަށް ޗައިނާ ހުޅުވައިލަނީ
ޗައިނާ ޑޮކްޓަރުންގެ އައި ކޭމްޕްގެ މުއްދަތު އިތުރުކޮށްފި
ކޮވިޑްގައި ޑިސެމްބަރުން ފެށިގެން 60000 މަރު
ހެނާން ޕްރޮވިންސެއްގެ 90 ޕަސެންޓް މީހުން ކޮވިޑްގައި
ޗައިނާގެ ބޯޑަރުތައް ހުޅުވާލައިފި
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ
ތިން އަހަރަށް ފަހު ޗައިނާ ހުޅުވައިލަނީ
ކޮވިޑްގެ ފިޔަވަޅުތައް ދޫކުރުމުން ގިނަ ބަޔަކު މަރުވެދާނެ
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި