Roadha Mihaaru
ފިރިމީހާއާ އެކު ގޯހަރް އުމްރާ އަށް

ފިރިމީހާއާ އެކު ގޯހަރް އުމްރާ އަށް

14 އެޕްރީލް 2022

ބިގްބޮސް ހަތެއް ކާމިޔާބުކުރި އިންޑިއާގެ ފިލްމީ ތަރި، ގޯހަރް ޚާން، އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.

ބިގްބޮސް ހަތެއް ކާމިޔާބުކުރި އިންޑިއާގެ ފިލްމީ ތަރި، ގޯހަރް ޚާން، އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.

ގޯހަރު އާއި އެކްޓަރު އަދި ނެށުންތެރިޔާ، ޒައިދު ދަރްބާރް ކައިވެނިކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.

އެ ދެމަފިރިން އުމްރާ އަށް ފުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޒައިދު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެއާޕޯޓްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އެއީ އެމީހުންގެ "ޑްރީމް ޓްރިޕް" ކަމަށް ބުނެފަ އެވެ.

ޒައިދު ބުނީ ކައިވެންޏަށް ފަހު އުމްރާގެ އަޅުކަމަށް ދިއުމަށް އެ ދެމަފިރިން ހުވަފެން ދެކުނު ކަމަށާއި އެކަން މިއަދު ހަގީގަތަކަށް ވީތީ ވަރަށް އުފާވާ ކަމަށެވެ.

މައްކާ އާއި މަދީނާ އަށް ކުރި ދަތުރުގެ ފޮޓޯތައް ގޯހަރް ވެސް ވަނީ އިންސްޓަގްރާމް ކޮށްފަ އެވެ.

އެ ދެމަފިރިންނާ އެކު، ޒައިދުގެ އާއިލާ މެމްބަރުން ވެސް އެ ދަތުރުގައި ބައިވެރިވެ އެވެ.

ޒައިދަކީ ޑައިރެކްޓަރް ސަންޖޭ ލީލާ ބަންސާލީ 1999 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި 2002 ގެ "ދޭވްދާސް" ގެ މިއުޒިކް ޑައިރެކްޓަރް އިސްމާއީލް ދަރްބާރްގެ ދަރިއެކެވެ.

މަޝްހޫރު ތަރި، ގޯހަރް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އިޝަގްޒާދޭ" އާއި "ފީވާ" އާއި "ބޭގަމް ޖާން" ހިމެނެ އެވެ.