Roadha Mihaaru
އެންމެ ބޮޑު ދުންތަރީގައި 500 ޓްރިލިއަން ޓަނު!

މިހާތަނަށް ފެނުނު އެންމެ ބޮޑު ދުންތަރީގައި 500 ޓްރިލިއަން ޓަނު!

16 އެޕްރީލް 2022

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނި ގޮތުގައި އެއީ މިހާތަނަށް ސައިންސްވެރިންނަށް ފެނުނު އެންމެ ބޮޑު ދުންތަރި އެވެ. އެ ދުންތަރީގައި ގާތްގަނޑަކަށް 500 ޓްރިލިއަން ޓަނުގެ ބަރުދަން ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނި ގޮތުގައި އެއީ މިހާތަނަށް ސައިންސްވެރިންނަށް ފެނުނު އެންމެ ބޮޑު ދުންތަރި އެވެ. އެ ދުންތަރީގައި ގާތްގަނޑަކަށް 500 ޓްރިލިއަން ޓަނުގެ ބަރުދަން ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.

އެ ދުންތަރި އެންމެ ފުރަތަމަ ފެނުނީ 2010 ގަ އެވެ. އެކަމަކު އޭގެ ބޮޑުމިން ޔަގީންކުރެވުނީ އަދި ކިރިޔާ ކަމަށް، މިދިޔަ ބުދަ ދުވަހު ނާސާ އިން ބުންޏެވެ.

އެ ދުންތަރީގެ މިސްރާބު ދުނިޔެއާ ދިމާލަށް ހުރި އިރު، އެ ދަތުރުކުރަމުން ދަނީ ގަޑިއިރަކު 22،000 މޭލުގެ ބާރުނިމުގަ އެވެ. ނާސާގެ ހަމްބުލް ޓެސެލްކޯޕުން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ދުންތަރީގެ ފުޅާމިނުގައި ގާތްގަނޑަކަށް 137 ކިލޯމީޓަރު ހުންނާނެ އެވެ.

ސައިންސްވެރިން ބުނީ އެ ދުންތަރި ދުނިޔެއާ އެންމެ ކައިރި އަށް ވެސް އަންނާނީ، އިރުގެ އެއް ބިލިއަން މޭލު ދުރަށް ކަމަށެވެ. އެ ހިސާބަށް އެއަށް އާދެވޭނީ 2031 ގައި ކަމަށް ލަފާކޮށްފައިވެ އެވެ.

ދުންތަރިއަކީ ކައުނުގެ ވަރަށް ދުރު ހިސާބެއްގައި އުފެދިގެން އަންނަ ކުދިކުދި ގަނޑުފެންކޮޅުތަކާއި ކާބަންޑައިއޮކްސައިޑާއި މެތޭން ފަދަ ގޭސްތަކާއި އަދި ހިރަފުހާ އެކުވެގެން އުފެދޭ އެއްޗެކެވެ. ދުންތަރި އިރާ ދިމާ އަށް ދަތުރު ކުރަމުންދާލެއް ބާރުކަމުން، އޭގެ ތެރެއިން ބައެއް ގޭސްތަކާއި ހިރަފުސް އެއިން ވަކިވެގެން ގޮސް، އެ ދުންތަރިއާ ގުޅިފައިވާ ނަގުލެއް ފަދަ ގޮތަކަށް ފެންނަ އެއްޗެއް އުފެދެނީ އެވެ.