މިކަހަލަ ގާތް ރަހުމަތްތެރިއަކަށް އުފާވެރިކަމެއް ލިބިއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ދިމާވާ ކޮންމެ ފަހަރަކު ވެސް، އޭނާގެ މޫނުން އެ އުފާވެރިކަމާއި ހިނިތުންވުން ފެންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ.
17 އެޕްރީލް 2022
މިކަހަލަ ގާތް ރަހުމަތްތެރިއަކަށް އުފާވެރިކަމެއް ލިބިއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ދިމާވާ ކޮންމެ ފަހަރަކު ވެސް، އޭނާގެ މޫނުން އެ އުފާވެރިކަމާއި ހިނިތުންވުން ފެންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ.
"ހަމަ އަސްލު ވެސް މި ބުނީ، ތަނަކަށް މީހަކަށް ދެރަ ބަހެއް ބުނާކަށް ނޫން. ޓީވީގައި އުޅެމުން މިކަހަލަ އިތުރު ކަމެއް ކުރަންވީތާ ކިތަންމެ ދުވަހެއް،" ޓީވީ މޯލްޑިވްސްގައި އުޅޭތާ، މި މަހުގެ 13 އަށް 27 އަހަރު ފުރިހަމަކުރި، ވަރުގަދަ ޕްރޮޑިއުސަރު، މުޖުތަބާ ރަޝީދު (މުޖޫ) ބުންޏެވެ.
އޭނާ އެ ބުނާ ވާހަކައަކީ، ޕާޓްޓައިމް އަށް އޭނާ ހިފި ހުންގާނުގެ ނަސީބުގަދަ ކަމެވެ. ޓީވީީގައި އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރުގެ ގޮތުގައި ހުރެ، ފުރައްސާރައިގެ ތެރެއިން ވިޔަސް، މީގެ ހަތަރު އަހަރު ކުރިން އޭނާ ވީ ޓެކްސީ ޑްރައިވަރަކަށެވެ.
"އެއްޗެހި ކިޔާ މީހުން ކިޔަކިޔާ ތިބީ. މިއަދުގެ ހަގީގަތަކީ އެއްޗެހި ކީ ބައެއް މީހުން މިހާރު އަހަރެން ނަމޫނާއަކަށް ބަލައިގެން އެ ޓެކްސީ ކުރަނީ،" އޭގެ ތެރެއިން ބައެއް ނަންތައް އޭނާ ކިޔައި ވެސް ދިނެވެ.
"ކުރީގެ ބައެއް މިނިސްޓަރަކު ވެސް ކާރަށް އަރާފައި ބުނި، އޭ މުޖޫ... ކަލޭ ޓެކްސީ ކުރަނީ...؟"
ފަންސަވީހަކަށް އަހަރު ވަންދެން އޭނާގެ ވަށައިގެން އެނބުރުނީ ކެމެރާތަކާއި ލައިޓްތަކެވެ. ލަވަކިޔުންތެރިންނާއި ފިލްމީ ތަރިންނެވެ. ހާފިޒުންނެވެ. ކެމެރާމަނުންނާއި ޓެކްނީޝަނުންނެވެ. ރާއްޖޭގައި މަޝްހޫރު މީހެއްގެ ނަން ކިޔައިފިއްޔާ އެ މީހެކެވެ. އެކަމަކު ހާލަތް މިހާރު ބަދަލު ވެއްޖެ އެވެ.
"މަގޭ މިހާރު ގާތް ގިނަ މީހުންނަކީ ޓެކްސީ ޑްރައިވަރުން،" އޭނާ އެ ވާހަކަ ކުރުކޮށްލި އެވެ.
މި ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި އޭނާ އަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިއްޖެ އެވެ. ޓެކްސީ އަށް އަރަން ވެސް އޭނާ އަށް މަޖުބޫރުވީ ހަމަ އެކަހަލަ ފިލާވަޅެއްގެ ތެރެއިންނެވެ. އެއީ، އަށެއްކަ އަހަރުވަރު ކުރި އެވެ.
"ކުއްޔަށާއި އެހެނިހެން ހަރަދުތަކަށް ވަރަށް ބޮޑު އެއްޗެއް އެބަ ހޭދަވޭ. އެ އިނާޔަތްތައް ލިމިޓްކޮށްފިއްޔާ މަށާއި އަންހެނުންނާއި އަދި އޭރު ދެ ދަރިން ގޮވައިގެން މާލޭގައި އުޅޭނެ ހަމަ އެއްގޮތެއް ވެސް ނެތް."
"އެމްއެންބީސީ ދުވަސްވަރު ކުއްލިއަކަށް މި އެނގެނީ އަހަރެމެން އެންމެންގެ އޯވަ ޓައިމް ލިމިޓްކުރަން އުޅޭކަން. އޭރުގެ މަގާމުގެ ގޮތުން ޓީވީގައި އޯވަ ޓައިމް އާއި އިތުރު އިނާޔަތްތައް އެއީ ދިރިއުޅުމަށް ވަރަށް މުހިންމު އެއްޗެއް. އެ ހަބަރާ އެކު ބޯ ގޮވައިފި،" ފިލްމީ އުދަރެސް، ހޭޔަންބޯ، އެންމެ އަލިގަދަ ތަރި، އައްސޭރި، ވަސްމީރު، އެހަނދާން، ހާރުދަން، ކަހަލަ، އަދި މޯލްޑިވިއަން އައިޑޮލްގެ ވެސް މުހިންމު މަސައްކަތްތަކެއް ކުރި، ޓީވީގެ އޭރުގެ އެންމެ ވަރުގަދަ ޕްރޮގްރާމްތަކުގެ ޕްރޮޑިއުސަރު ބުންޏެވެ.
"ކުއްޔަށާއި އެހެނިހެން ހަރަދުތަކަށް ވަރަށް ބޮޑު އެއްޗެއް އެބަ ހޭދަވޭ. އެ އިނާޔަތްތައް ލިމިޓްކޮށްފިއްޔާ މަށާއި އަންހެނުންނާއި އަދި އޭރު ދެ ދަރިން ގޮވައިގެން މާލޭގައި އުޅޭނެ ހަމަ އެއްގޮތެއް ވެސް ނެތް. ތިއީ މަގޭ މަސައްކަތް އެންމެ ގާތުން ފެންނާނެ އެކަކު. ރޭގަނޑެއް ދުވާލެއް ނެތި އުޅުނު ބުރަ ފެންނާނެ. އެވަރުން ވެސް އޮންނަނީ ސަލާމަތް ނުވެވިފައި.
"އެލަވަންސްތައް ލިމިޓްކުރާ ވާހަކަ އިވުމާ އެކު ދެން ކޮންމެވެސް ގޮތަކަށް ވިސްނަން މަޖުބޫރުވެއްޖެ. ހަމަ ސީދާ މަޖުބޫރުވީ އެހެން ކަމެއް ކުރަން. އިތުރު ޗޮއިސްއެއް ނެތް. އެ ހިސާބުން ދެން ނިންމީ ޓެކްސީ ޑްރައިވަރަކަށް ވާން."
އޭރު އޭނާގެ އަތަކު ކާރު ދުއްވުމުގެ ލައިސަންސެއް ނެތެވެ. ކާރެއް ވެސް ނެތެވެ. އެކަމަކު، ދެ މަސްތެރޭގައި ކާރު ދުއްވަން ދަސްކޮށް ލައިސަންސް ނަގައި، އަތުގައި ހުރި ފައިސާކޮޅަކާއި ލޯނަކުން ދޮޅު ލައްކައެއްހާ ރުފިޔާ އަށް ސެކަންޑް ހޭންޑް ކާރެއް ގަތެވެ.
"ކާރަށް އެރި އިރު ތަންތަނެއް ވެސް ނޭނގެ. ބައެއް ފަހަރު ސެޓުން ދަތުރަކަށް ގޮވީމަ ލަދުން ގޮސް ސެޓުން އިތުރަށް ވާހަކަ ނުދައްކައި އެތަން އޮޅުންފިލުވާން ސެންޓަރަށް ގޮސް ފޭސްޓު ފޭސް ވެސް ވާހަކަ ދެއްކިން. އެހާ ވަރަށް މާލޭގެ ތަންތަން އެނގިފައެއް ނެތް. މި ބުނީ އޭރު ކާރު މަގުމަތީގައި ވެސް ޕާކު ކުރަން މަ ވިއްޔާ ޖެހޭނެ އެހެން މީހަކު ގެނެސް ފަހަތުގައި ބަހައްޓަން،" ފުރަތަމަ ކާރަށް އަރައި ތަޖުރިބާތައް އޭނާ ކިޔައިދިނެވެ.
"ސަމާސާއެއް ނޫން މީ. މަ ވަރަށް ގުޅުން ރަނގަޅުވާނެ މިހާރު ޑްރައިވަރުންނާ ވެސް. ހާއްސަކޮށް 1313 އާއި އަވަސް ރައިޑްގައި. ރަހުމަތްތެރިންގެ ތެރެއިން ވެސް ބޮޑު ބަޔަކީ އެއީ. ސަޔަކަށް، ދުފާލަން ވެސް ދަނީ އެ މީހުންނާ އެކު."
"އަނެއްކޮޅުން ދަންނަ މީހުން ވެސް އެތައް ބައިވަރު ބަޔަކާ ދިމާވަނީ. އެހެންވެ ތޮތްޕެއް އަޅައިގެން އިންނަނީ ވެސް ކާރުގައި. ހަމަ ފެންނައިރަށް، އޭ މުޖޫ... ކަލޭ... ޓެކްސީ ކުރަނީ...؟ މިހާރު ޓީވީގައި ނޫޅެނީ...؟"
މުޖޫއަކީ، ކޮންމެ ސުވާލަކަށް ވެސް ފަސޭހައިން ޖަވާބު ދެވޭ، އަދި ވަރަށް ސަމާސާ މިޒާޖެއްގެ މީހަކަށް ވާތީ އެ ސުވާލުތަކަށް ޖަވާބު ދޭކަށް އުނދަގުލެއް ނޫނެވެ. ޓީވީގައި ވެސް އުޅޭ ވާހަކަ ބުނުމުގެ އިތުރުން، ވީ ކީއްކަން ކިޔައިދޭކަށް އޭނާ ނުހަދަ އެވެ. ޓެކްސީއާ އެކު ވާހަކައިގެ މިސްރާބު ވެސް ބަދަލުކޮށްލަނީ އެވެ.
"ދެން ކޮންމެވެސް އެއްޗެކޭ ކިޔައިފައި ނިންމާލަނީ. ދޮގު ނަހަދާ މި ބުނަނީ. އޭރު ލަދު ވެސް ގަތް. ސަބަބަކީ، އޭރު ދެން ޑްރައިވަރުންނާ ދޭތެރޭ ދެކޭ ގޮތް ވެސް ތަފާތީ. އެކަމަކު މިހާރު ޒުވާނުންނާއި ތައުލީމީ އެތައް ބަޔަކު ވެސް މީގެ ތެރޭގައި އެބައުޅޭ. އަނެއްކާ މިހާރު އެންމެންނަށް ވެސް އެނގޭ މަ މީ ޑްރައިވަރެއްކަން ވެސް.
"ސަމާސާއެއް ނޫން މީ. މަ ވަރަށް ގުޅުން ރަނގަޅުވާނެ މިހާރު ޑްރައިވަރުންނާ ވެސް. ހާއްސަކޮށް 1313 އާއި އަވަސް ރައިޑްގައި. ރަހުމަތްތެރިންގެ ތެރެއިން ވެސް ބޮޑު ބަޔަކީ އެއީ. ސަޔަކަށް، ދުފާލަން ވެސް ދަނީ އެ މީހުންނާ އެކު."
އޭނާ ހިސާބުތައް ޖަހައިލި އެވެ. ޖުމްލަ ލިބޭވަރު މި އާޓިކަލްގައި ނުޖަހަން އެދުނަސް، ހުރިހާ ހަރަދެއް ކަނޑާފައި އޭނާ އަށް ރަނގަޅު އެއްޗެއް ބާކީ ކޮށްލެވެ އެވެ. ޓެކްސީ ޑްރައިވަރަކަށް އުޅޭތާ ބަރާބަރު ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ ލޯނު އަދާކޮށް، ރީތި އެހެން ކާރެއް ގަނެފަ އެވެ. މިހާރު އޭނާ ދުއްވަނީ އެ ކާރެވެ.
"ކުރިން ވިއްޔާ އެހެން މީހުން މަށަށް ކޮފީ ދޭނީ. މިހާރު މަށަށް ވެސް އެ މީހުންނަށް ކޮފީ ދެވޭނެ،" އޭނާ ބުންޏެވެ.
އެކަމަކު، ޓީވީގައި ވަޒީފާ އަދާކުރަމުން ޓެކްސީ ކުރުމަކީ މުޖޫ އަށް ފަސޭހަވެގެން ކުރާ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު 10 ޖަހާއިރަށް އޮފީހަށް ދަމުން، އޮފީސް ނިމިގެން، ޓެކްސީގައި ޖުމްލަ ނުވަ ގަޑިއިރު ހޭދަކުރުމަކީ، މުޖޫ ބުނާ ގޮތުން ވަރަށް ބޮޑު ކެތްތެރި ކަމެވެ.
"މަ ނުކުރާނެ ކަމަކީ އޮފީސް ގަޑީގައި ޓެކްސީ ކުރުން. އެންމެންނަށް ވެސް އެކަން އެނގޭނެ. އެކަމަކު މަށަށް ވުރެ އަވަހަށް ޓެކްސީ އަށް އަރާ މީހަކު މަދުވާނެ. ފަތިހު ހަތަރަކުން ހެނދުނު 9 އަށް މަ އިންނާނީ ޓެކްސީގައި. ފަހެއް ޖަހާއިރު އޮފީސް ނިމިގެން އެއް ގަޑިއިރުގެ ރެސްޓެއް ނަގާފައި ރޭގަނޑު 10 ޖަހަންދެން އަނެއްކާ ވެސް އިންނާނީ ޓެކްސީގައި.
"ލާރި ލިބުނަސް އެކަމަކު ކޮންމެ ކޮންމެ މީހަކަށް މިހެނެއް ނޫޅެވޭނެ. ކޮންމެ މަސައްކަތެއްގައި ވެސް ބުރަކޮށް އުޅެ، ރަނގަޅު އަހުލާގަކާއި ކަސްޓަމަރުންނަށް އިހުތިރާމާ އެކު އެކަން ކުރަންވާ ގޮތަށް ކުރީމަ ލާރި ލިބޭނެ. މިކަމުން ވެސް ލިބޭނެ. އެކަމަކު މަށަށް ލާރި ލިބޭއިރު މަގޭ އުނަގަނޑަށް ވާ ތަދު މަށަށް އިނގޭނީ ވެސް.
"މިހެން މި އުޅެވެނީ އަންހެނުން ވެސް ރަނގަޅުވީމަ. މަ ބުނެލަން ބޭނުން ވަނީ ހަމަ ޝުކުރިއްޔާއޭ."
"ލާރި ލިބުނަސް އެކަމަކު ކޮންމެ ކޮންމެ މީހަކަށް މިހެނެއް ނޫޅެވޭނެ. މަށަށް ލާރި ލިބޭއިރު މަގޭ އުނަގަނޑަށް ވާ ތަދު މަށަށް އިނގޭނީ ވެސް.
ތިން ކުދިންގެ ބައްޕަ އެހާ ބުރަކޮށް އޭނާ އެ މަސައްކަތް ކުރަނީ ދެ ބޭނުމެއްގަ އެވެ. އެއް ކަމަކީ، ޓީވީ އަކީ މުޖޫގެ މުޅި ހަޔާތުގެ ވަޒީފާ ކަމަށް މުޖޫ އަށް ގަބޫލު ނުކުރެވުމެވެ. ދެވަނަ ކަމަކީ، އޭނާގެ ހުވަފެންތަކެއް އޮތުމެވެ.
"އެއޮތީ މަގޭ އެއް ޑްރީމް،" ހުޅުމާލެ އަށް ފޮޓޯ ޝޫޓްކުރަން ދިޔަ މަގުމަތީގައި ބްރިޖުން ދިޔަ، ޒަމާނީ ކާރެއް ދައްކާލަމުން އޭނާ ބުންޏެވެ. އޭގެ އަގަކީ ގާތްގަނޑަކަށް ހަތަރު ވަރަކަށް ލައްކަ ރުފިޔާ އެވެ.
"2024 ގައި އިރާދަކުރެއްވިއްޔާ އޭގެ ކާރެއް ގަންނަ ވަރަށް ފައިސާ ހޯދުން އެއީ މިހާރުގެ ޓާގެޓް."
މުޖޫގެ ބަދަލަކީ، އޭނާ ބުނާ ގޮތުން ޒުވާނުންނަށް ލިބޭނެ ވަރަށް އަގުހުރި ފިލާވަޅެކެވެ. އޭނާ ބުނާ ގޮތުން ދިރިއުޅުން ބަދަލުކޮށްލަން ބޭނުންވަނީ ކުޑަކުޑަ ވިސްނުމެކެވެ.
"ވަޒީފާގައި އުޅެމުން އިތުރަށް ކޮށްލާ މިކަހަލަ ކަމަކުން ވެސް ރަނގަޅު އާމްދަނީއެއް ހަމަ ލިބިދާނެ. ކަމެއް ނެތި ތިބުމުގެ ބޭނުމެއް މިހާރަކު ނެތް،" އޭނާ ބުންޏެވެ.
މުޖޫ ގަބޫލުކުރާ ގޮތުން އޭނާގެ ދިރިއުޅުމުގެ ބާކީ ބައި ދެން އޮތީ ޓެކްސީގަ އެވެ. ޓެކްސީ ދަތުރު ކިތަންމެ ކާމިޔާބަސް، ޓީވީގައި އޭނާ އެ ކުރި ވަރުގަދަ މަސައްކަތްތައް އެއީ ޓީވީގެ ތާރީހުން ވެސް، އަދި މުޖޫގެ ހަޔާތުން ވެސް ފިލައިގެން ދާނެ ހަނދާންތަކެއް ނޫނެވެ.
"ޓީވީ އަކީ ހަގީގަތުގައި މިހާ ހިސާބަށް އަހަރެން އައި ސަބަބު ވެސް މެ. އެކަމަކު މިހާރު ހާލަތް މަޖުބޫރުކުރީ މިގޮތަށް،" އޭނާ ބުނެލި އެވެ.
"މަށަކީ މިހާރު ޓެކްސީ ޑްރައިވަރެއް. ޓީވީގެ ވެސް މުވައްޒަފެއް. ދެން ވެސް އުޅޭނީ އެކަމުގައި."
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން ވާނީ ފައިދާ: އަމީން
"އަވަސް" އެޕް އަޕްގްރޭޑުކޮށް އަލުން ލޯންޗުކޮށްފި
ބަންދުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި
އިހުތިޖާޖަށް ނުދާ ޓެކްސީތައް ވެސް ޓޯކުރި: ޑްރައިވަރުން
މަގު ބްލޮކްކުރި އިތުރު ޓެކްސީޑްރައިވަރަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައި ކޯޓަށް
ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ވަނަވަރު އާންމުކޮށްފި
ތިން ޑްރައިވަރަކު ހައްޔަރުކުރި: 22 ޓެކްސީ ޓޯކުރި