Roadha Mihaaru

ކޮނޑޭގެ ޓޫރިޒަމް ފެށުން: ކޮނޑޭ މަލާ ރިޔަތި މަލާ!

18 އެޕްރީލް 2022

އިހުޒަމާނުގެ ފްލޯކް ވާހަކައަކުން އުފެދުނު އެ ބަނދި ގއ. ކޮނޑޭ ޕްރޮމޯޓް ކުރުމަށް ހުޅުވުނު ދޮރަކަށް މިއަދު ވެއްޖެ އެވެ. ގދ. ވާދޫގެ ގެއަކުން ކޮންމެ ރެއަކު ކުއްޖަކު ރޯތީ، އެ ކުއްޖާގެ މަންމަ އައި ރުޅީގައި ދަރިފުޅު އެއްރޭ ބޭރަށް ނެރެ ހަވާލުކުރީ "ފުރޭތައަކާ" އެވެ. އެ ކުއްޖާ ގޮވައިގެން އެ "ފުރޭތަ" ހުވަދުއަތޮޅުގެ ރަށްތައް މަތިން ދަތުރުކުރަމުން ދިޔައީ ކޮންމެ ރަށެއްގެ މަތިން ވެސް ފެންނަ މަންޒަރުތައް ކިޔަމުންނެވެ. އެކަމަކު، އެންމެ ބޮޑަށް އަޅައިގަތީ ކޮނޑޭގެ މަލަމައްޗެވެ. އެއްވަރަކަށް ގަސްތައް ހެދިފައި އޮތް ކޮނޑޭގެ ރީތި، ހިތްގައިމު މަންޒަރެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކޮނޑޭ މަލާ ރިޔަތި މަލާ

ވަށް ދެ މަލާ ފައި ގިނަޔޯ

އިހަލު ދެ ކުރުނބާ ގިނަޔޯ

ރޯމަސް ދަނޑެއް ގިނަޔޯ

ކޮނޑޭގެ މަލަމަތި ފެންނަ ގޮތް: މިއީ ޒަމާނުއްސުރެ މި ރަށް އޮންނަ ގޮތް ކަމަށް އެ ރަށުގެ މީހުން ބުނޭ.

ކޮނޑޭގެ މަލަމަތި ފެންނަ ގޮތް: މިއީ ޒަމާނުއްސުރެ މި ރަށް އޮންނަ ގޮތް ކަމަށް އެ ރަށުގެ މީހުން ބުނޭ.

މުޅި ގއ. އަތޮޅަށް މަޝްހޫރު އެ ހާދިސާއާ ގުޅުވައިގެން އުފެދުނު އެ ބަނދި މިއަދު ކޮނޑޭ އަށް ވަރަށް މަޝްހޫރެވެ. މާ ބޮޑު ހަގީގަތެއް ނޭނގޭ އެ ހާދިސާއާ ގުުޅުވައިގެން ޓޫރިޒަމަށް މިއަދު ވަނީ އެ ރަށް ހުޅުވާލައިފަ އެވެ. "#ކޮނޑޭ މަލާ ރިޔަތި މަލާ" އަކީ މިއަދު ކޮނޑޭގެ ސްލޯގަން އެވެ. ކޮނޑޭ ޕްރޮމޯޓް ކުރުމުގެ ހޭޝްޓެގަކީ އެއީ އެވެ.

ކޮނޑޭ، މަތިން ފެންނަ ގޮތް.

ކޮނޑޭ، މަތިން ފެންނަ ގޮތް.

"ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މި ގެންގުޅޭ ސްލޯގަންއާ އެކު އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ އިރާދަކުރެއްވިއްޔާ. އޭގެ އިތުރަށް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ރަށަކީ އަމާން ސުލްހަވެރި ވެށްޓެއްގެ ގޮތުގައި ފާހަގަވެގެންދާނެ،" ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމް ވިދާޅުވި އެވެ.

ކޮނޑޭއަކީ ޒަމާނުއްސުރެ ފެށިގެން ވެސް ވަރަށް މަލުގެ ރަށެކެވެ. އެކަން މިއަދު ވެސް އޮތީ އެހެންނެވެ. ކޮންމެ ގެއެއް ފެންނަނީ ޒާތްޒާތުގެ މާ ގަސްތަކުން ފުރާލާފައިވާ ތަނެވެ.

ކޮނޑޭގެ އެންމެ ހާއްސަ އެއް ކަމަކީ ރަށުގެ ކޮންމެ ގެއެއްގައި ވެސް މާގަސްތައް ހައްދާފައި ހުރުން.

ކޮނޑޭގެ އެންމެ ހާއްސަ އެއް ކަމަކީ ރަށުގެ ކޮންމެ ގެއެއްގައި ވެސް މާގަސްތައް ހައްދާފައި ހުރުން.

"އަހަރެމެން ކުޑައިރު ވެސް ހުންނާނެ ކުދިމާ ގަހެއް ހައްދާފައި. އަދި އެ ނޫނަސް މާ ގަސްތައް ހައްދާނެ. އެ މަލަކީ އޭރުގައި ވަރަށް އަގުހުރި ވެސް އެެއްޗެއް. އެ މަލުގެ ވަސް މުޅި ރަށުގައި ހުންނާނެ. އަންހެނުން ވެސް ބޮލުގެ އިސްތަށިގަނޑުގައި ހުޅި ޖެހި ދުވަސްވަރު ވީމާ ބޭނުންކުރާނެ އެ މާ،" ކުރީގެ ކަތީބު މުހައްމަދު އަބްދުﷲ ދީދީ (އަލްފާ) ވިދާޅުވި އެވެ.

"އޭރު ހުންނާނެ ކުދިމާ އެކަންޏެއް ނޫން. ފިނިފެންމާ ގަސް ވެސް ހައްދާފައި ގޭގޭގައި. ދެން މި ރަށަކީ ދުރުން ދަތުރު ކޮށްފައި އަންނައިރުގައި ރަށް ފެންނާނީ ވެސް އެއްވަރެއްގައި ގަސްތައް ހެދިފައި ހުންނަ ރަށެއްގެ ގޮތުގައި. ވަކި ގަހެއް ވަކި ތަނެއް އުސްކޮށް އެހެން ފާހަގައެއް ނުކުރެވޭނެ. ހަމަ ވަރަށް ރީތިކޮށް ހުންނާނީ ދުރުން ދައްކާލާއިރުގައި."

ކޮނޑޭ، މަތިން ފެންނަ ގޮތް.

ކޮނޑޭ، މަތިން ފެންނަ ގޮތް.

ކޮނޑޭގެ މަލަމަތ މިއަދު ވެސް ފެންނަނީ ހަމަ އެ ދުވަސްވަރު ގޮތެވެ. މާ ދުރުން ފެންނަނީ އެއްވަރަކަށް ހެދިފައިވާ ރުއްތަކެވެ. ރަށުގައި އޮތީ ހުސް މާ ގަސްތަކެވެ.