ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
17 އެޕްރީލް 2022
ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ވެސް އިންނެވި ފަނޑިޔާރު ސަމީރު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވިކަން "މިހާރު" އަށް ވަނީ ކަަށަވަރުވެފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ހައި ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރު ސަމީރަކީ 2011 ވަނަ އަހަރު އެ ކޯޓަށް އައްޔަންކުރި ބޭފުޅެވެ. އޭގެކުރިން އޭނާއަކީ ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ހައި ކޯޓު ހިންގުމާ ހަވާލުވެގެން އެންމެ ގިނަ ދުވަހު ހުންނެވި ފަނޑިޔާރު ވެސް މެ އެވެ.
ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާބިތުވާ ކަމަށް ނިންމެވީ ވެސް ފަނޑިޔާރު ސަމީރެވެ. 2020 ވަނަ އަހަރު އޭނާ ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައި، އެ ކުށާ ގުޅޭގޮތުން އުފެދިފައިި އޮތް ބޮޑު ބަހުސަށް ދީނީ ގޮތުން ތަފްސީލުކޮށް އޭނާ ޖަވާބު ދެއްވާފައިވެ އެވެ.
މީގެ އިތުރުން ދެ ފިރިންގެ ތިބުމުގެ މައްސަލަތަކާ ހެދި، ވަރި ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް 2015 ވަނަ އަހަރު ހައި ކޯޓުން ކަނޑައެޅީ ވެސް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ.
ހައި ކޯޓުގައި އޭނާ ބެއްލެވި މަޝްހޫރު ބޭފުޅުންގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލި މައްސަލަ ހިމެނިވަޑައިގަންނަވަ އެވެ. ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އާއި އެ ނޫން ވެސް މަދަނީ އަދި ދުސްތޫރީ މައްސަލަތައް އޭނާ ބެއްލެވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވައިފި
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ހުކުމްކުރުން ލަސްވުމުން މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި
ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ޝައުގެއް ނެތް!
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި
ހައިކޯޓާއި ދެ ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި