Roadha Mihaaru
ޔުނައިޓެޑް ބަލިކޮށް ލިވަޕޫލަށް ތާރީހީ ނަތީޖާއެއް

ޔުނައިޓެޑް ބަލިކޮށް އެއްވަނަ އަށް ދިޔަ ލިވަޕޫލަށް ތާރީހީ ނަތީޖާއެއް

20 އެޕްރީލް 2022

ލިވަޕޫލް ސިޓީ (އޭޕްރީލް 20) - މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން މޮޅުވެ، އިނގިރޭސި ޕްރިމިއަ ލީގުގެ އެއްވަނަ މަގާމަށް ދިޔަ ލިވަޕޫލަށް، މިދެޓީމުގެ ކުރިމަތިލުމުގައި ތާރީހީ ނަތީޖާއެއް ހާސިލުކޮށްފި އެވެ.

ޕްރިމިއަ ލީގުގެ ސީޒަންގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ އޯލްޑްޓްރަފޯޑްގައި ކުޅެ ލިވަޕޫލުން މެޗު ކާމިޔާބު ކުރީ 5-0 ންނެވެ. މިރޭ މޮޅާއެކު އެއްމުބާރާތެއްގައި މިދެޓީމުގެ ކުރިމަތިލުމުގައި ނުކުތް ޖުމުލަ ނަތީޖާ 9-0 ށް ދިޔަ ފުރަތަމަ ފަހަރަކީ މިއެވެ. އިނގިރޭސި ފުޓްބޯޅައިގައި އެންމެ ވާދަވެރި ކުރިމަތިލުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލާއި ޔުނައިޓެޑްގެ ކުރިމަތިލުމުގައި އެއް މުބާރާތެއްގައި މި ދެޓީމު ބައްދަލު ކުރި ދެމެޗުގެ ނަތީޖާ އެއްކޮލުމުން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީ މިފަހަރު އެވެ.

މިރޭގެ މެޗުގެ ލިވަޕޫލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުހައްމަދު ސަލާހް އެވެ. މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ލިވަޕޫލަށް ލީޑް ނެގި ލަނޑު ޖަހަން ލުއިސް ޑިއާޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ސަލާހް އެވެ.

ލިވަޕޫލަށް ދެ ލަނޑު ޖަހައިދިން ސަލާހް އުފާފާލޫ ކުރަނީ: ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހަނ ވެސް ފުރުސަތު ތަނަވަސްކޮށް ދިނީ އޭނާ --- ފޮޓޯ: އޭއެފްޕީ

ލިވަޕޫލަށް ދެ ލަނޑު ޖަހައިދިން ސަލާހް އުފާފާލޫ ކުރަނީ: ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހަނ ވެސް ފުރުސަތު ތަނަވަސްކޮށް ދިނީ އޭނާ --- ފޮޓޯ: އޭއެފްޕީ

މެޗުގެ 22 ވަނަ މިނެޓްގައި ސަލާހް ލަނޑު ޖެހީ، ސެޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ލިވަޕޫލްގެ ހަމަލާތަކުގައި ފެނިގެން ދިޔައީ ޑިއާޒް އާއި މާނޭ އަދި ސަލާހްގެ ކޮމްބިނޭޝަން އެވެ. ދެވަނަ ހާފުގައި މާނޭ، ތިންވަނަ ލަނޑު ޖެހީ ޑިއާޒް ދިން ބޯޅައިންނެވެ. ސަލާހްގެ ދެވަނަ ލަނޑު އޭނާ ޖެހީ 85 ވަނަ މިނެޓްގައި ޑިއޭގޯ ޖޯޓާ ތަނަވަސްކޯށްދިން ފުރުސަތަކުންނެވެ.

މެޗު އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް އެއްވަނަ މަގާމަށް ދެވެން އޮތެވެ. މެޗުން މޮޅުވުމުން އެޓީމު އެމަގާމު އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެކަމަކު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މާދަމާ ރޭ ބްރައިޓޮންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަނެއްކާ ވެސް އެއްވަނަ އަށް ޖެހިލާނެ އެވެ.