Roadha Mihaaru
ޕްލޭސްޓޭޝަން ގޭމްތަކުގައި އިޝްތިހާރުކުރެވޭ ގޮތް ހަދަނީ

ޕްލޭސްޓޭޝަން ގޭމްތަކުގައި އިޝްތިހާރުކުރެވޭ ގޮތް ހަދަނީ

22 އެޕްރީލް 2022

ޕްލޭސްޓޭޝަންގައި ހިލޭ ކުޅެވޭ ގޭމްތަކުގައި އިޝްތިހާރުކުރެވޭ ގޮތް ހަދަން ސޮނީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕްލޭސްޓޭޝަންގައި ހިލޭ ކުޅެވޭ ގޭމްތަކުގައި އިޝްތިހާރުކުރެވޭ ގޮތް ހަދަން ސޮނީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންސައިޑާ އިން ރިޕޯޓްކުރި ގޮތުގައި، ހިލޭ ކުޅެވޭ ގޭމްތަކުން އެ އިޝްތިހާރުތައް ފެންނާނެއިރު، އެއީ ގޭމް ޑިވެލޮޕަރުންނަށް އިތުރު އާމްދަނީ ހޯދުމުގެ ފުރުސަތު ދިނުމަށާއި ހިލޭ ކުޅެވޭ ގޭމްތައް އިތުރަށް އުފެއްދުމަށް އެމީހުނަށް ހިތްވަރުދިނުމުގެ ގޮތުން ކުރަން ރާވަމުން އަންނަ ކަމެކެވެ.

އެ ހިދުމަތް ފަށާނެ ކަމަށް ލަފާކޮށްފައި ވަނީ މި އަހަރު ފަހުކޮޅެވެ.

އެ ގޭމްތައް ކުޅޭ މީހުން އިޝްތިހާރުތައް ބަލާ ނަމަ، ރިވޯޑްސް ވެސް ލިބޭނެ ކަމަށާއި އަދި އިޝްތިހާރުތައް ވިއްކާނީ ޕްރައިވެޓް މާކެޓްޕްލޭސެއްގައި ކަމަށް ވެސް އިންސައިޑާއިން ބުންޏެވެ.

ހިލޭ ކުޅެވޭ ގޭމްތަކުގައި އިޝްތިހާރުކުރެވޭ ގޮތް ހަދަން ސޮނީން ރާވަމުން އަންނަ ކަމަށް ރިޕޯޓްކުރި އިރު، އެ ކުންފުންޏާ ވާދަވެރި މައިކްރޮސޮފްޓްގެ އެކްސް ބޮކްސްގައި ވެސް އެ ހިދުމަތް ތައާރަފުކުރަން އުޅޭ ކަމަށް މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވެ އެވެ.