Roadha Mihaaru
މަދީނާގެ ބަސް އެކްސިޑެންޓެއްގައި 8 އުމްރާވެރިން މަރު

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 8 އުމްރާވެރިން މަރުވެއްޖެ

23 އެޕްރީލް 2022

މަދީނާ (އެޕްރީލް 23) - މަދީނާގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓެއްގައި އަށް އުމްރާވެރިން މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މަދީނާ (އެޕްރީލް 23) - މަދީނާގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓެއްގައި އަށް އުމްރާވެރިން މަރުވެއްޖެ އެވެ.

އެކްސިޑެންޓުގައި މީހުން ސަލާމަތްކުރުމުގައި އެހީތެރިވި މަދީނާ ރޯޑް ސޭފްޓީ ޑިޕާޓްމަންޓުން ބުނީ 51 މީހުން ދަތުރުކުރި ބަސް އެކްސިޑެންޓްވީ ޖިއްދާ އާއި މަދީނާއާ ދެމެދު ދަތުރުކުރާ ހިޖްރާ ހައިވޭގައި ކަމަށެވެ. ރޯޑް ސޭފްޓީ ޑިޕާޓްމަންޓުން ބުނީ އެކްސިޑެންޓްވީ ޑްރައިވަރަށް ބަސް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ބަސް ފުރޮޅާލުމުގެ ސަބަބުން ކަމަށެވެ.

މަދީނާގެ ރެޑް ކްރެސެންޓް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލް ޒަހްރާނީ ވިދާޅުވީ އެކްސިޑެންޓުގައި 43 މީހުން ޒަޚަމްވި ކަމަށެވެ. އޭގެ ތެރޭން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަހުގައި ތިބީ ކޮން ގައުމުތަކެއްގެ އުމްރާވެރިން ކަމެއް ނޭނގެ އެވެ. ޒަޚަމްވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަސް އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.