Roadha Mihaaru

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 35 އުމްރާވެރިން މަރު

މަދީނާ (އޮކްޓޯބަރު 17) - މަދީނާގައި އިއްޔެ ހަވީރު ހިނގި ބަސް އެކްސިޑެންޓެއްގައި 35 އުމްރާވެރިން މަރުވެފައިވާ ކަމަށް ސައުދީ އަރަބިއާގެ ރަސްމީ މީޑިއާ އިން މިއަދު ބުނެފި އެވެ.

މަދީނާގެ އެކްސިޑެންޓެއްގައި 35 އުމްރާވެރިން މަރުވެއްޖެ
ހަސަން އާމިރު
ހަސަން އާމިރު

17 އޮކްޓޯބަރ 2019

މަދީނާ (އޮކްޓޯބަރު 17) - މަދީނާގައި އިއްޔެ ހަވީރު ހިނގި ބަސް އެކްސިޑެންޓެއްގައި 35 އުމްރާވެރިން މަރުވެފައިވާ ކަމަށް ސައުދީ އަރަބިއާގެ ރަސްމީ މީޑިއާ އިން މިއަދު ބުނެފި އެވެ.

މަދީނާ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އުމުރާވެރިން ގޮވައިގެން ދަތުރުކުރި ބަސް ޖެހުނީ ހެވީ ވެހިކަލެއް (ލޯޑަރެއް) ގައި ކަމަށެވެ. އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އޭޝިއާ އާއި އަރަބި ގައުމުތަކުގެ މީހުންނެވެ. އެކްސިޑެންޓަށް ފަހު ބަހުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.

އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހަކަށް ފަރުވާ ދިނުމަށް ވަނީ މަދީނާގެ އަލް ހަމްނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެކްސިޑެންޓުގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ.

މައްކާ އަށް ދަތުރުކުރި އިނގިރޭސި ވިލާތުގެ އުމްރާވެރިންގެ ބަހެއް ތެޔޮ ޓޭންކަރެއްގައި ޖެހި މިދިޔަ އަހަރުގެ އެޕްރީލް މަހު ހިނގި އެކްސިޑެންޓެއްގައި ވަނީ ހަތަރު އުމްރާވެރިން މަރުވެ އަށް މީހުން ޒަޚަމްވެފަ އެވެ. ޖެނުއަރީ 2017 ގައި ވަނީ މަދީނާ އަށް ދަތުރުކުރި މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި އިނގިރޭސިވިލާތުގެ ހަ އުމްރާވެރިންނާއި ދެ މަހުގެ ކުޑަ ކުއްޖަކު މަރުވެފަ އެވެ.