ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގެ އިދިކޮޅު ފަރާތްތަކުން ޑިމާންޑްކުރަމުންދާ ގޮތަށް ވަގުތީ ސަރުކާރެއް އުފެއްދި ނަމަވެސް ބޮޑުވަޒީރަކަށް ވާނީ އޭނާ ކަމަށް މިހާރުގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
23 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގެ އިދިކޮޅު ފަރާތްތަކުން ޑިމާންޑްކުރަމުންދާ ގޮތަށް ވަގުތީ ސަރުކާރެއް އުފެއްދި ނަމަވެސް ބޮޑުވަޒީރަކަށް ވާނީ އޭނާ ކަމަށް މިހާރުގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު އިސްތިއުފާ ދެއްވައި ވަގުތީ ސަރުކާރެއް އުފެއްދުމަށް އެދިވަޑައިގެން ކުރީގެ މިނިސްޓަރު ޑުލަސް އަލަހައްޕެރުމަސް ފޮނުއްވި ސިޓީ އަށް ރައްދު ދެއްވުމަށް ރާޖަޕަކްސާ ވަނީ ވަގުތީ ސަރުކާރަކީ ކޮބައިތޯ އޭނާއާ ސުވާލު ކުރައްވައިފަ އެވެ.
"އެންމެން އެއްބަސްވުމަކަށް ނާދެވި ވަގުތީ ސަރުކާރެއް އުފައްދާނީ ކިހިނެއް؟ ވަގުތީ ސަރުކާރެއް އުފެއްދި ނަމަވެސް ބޮޑުވަޒީރަކަށް ވާނީ އަޅުގަނޑު. އެހެން މީހަކު ބޮޑުވަޒީރަކަށް ގެންނާކަށް ގިނަ މީހުން އެއްބަހެއް ނުވާނެ،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ލަންކާގެ އަމިއްލަ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ރާޖަޕަކްސާ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމަށް ޕާލަމެންޓުގެ އެއްވެސް މެންބަރަކު އެދިފައިނުވާ ކަމަށެވެ.
"ބައެއް މެންބަރުން އެހެން ބުނެފާނެ. އެކަމަކު އަޣުލަބިއްޔަތު މެންބަރުން އަޅުގަނޑު އިސްތިއުފާ ދިނުމަށް ބޭނުމެއް ނުވާނެ،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ބޭބޭފުޅު ވިދާޅުވީ ގޯލް ފޭސްގައި މުޒާހަރާކުރާ މީހުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ތަކެތީގެ އަގުބޮޑުވެ އަދި އަސާސީ ބައެއް ތަކެތި ވެސް ހޯދަން ދަތިވުމާ ގުޅިގެން އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާ ކުރާ އިރު އެ މީހުންގެ މައިގަނޑު ޑިމާންޑަކީ ރައީސް އާއި ބޮޑުވަޒީރު އިސްތިއުފާ ދިނުމެވެ.
ރާޖަޕަކްސާ އަށް: ރީތި ގޮތުގައި އިސްތިއުފާދީ!
ރާޖަޕަކްސާގެ ވަފާތެރިން ވެސް ދެކޮޅުވާން ފަށައިފި
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ
ބޮޑުވަޒީރުގެ މަގާމުން މަހިންދަ ދުރުކުރަން ހުށަހަޅައިފި
ލަންކާ ސަރުކާރާދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ
ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފި
ލަންކާގެ ބާރުގަދަ ރާޖަޕަކްސާ އާއިލާ ހޫނުފެނުގައި
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ
ރާޖަޕަކްސާގެ ބޭބެ ނަން އަނބުރާ ގެންދަވައިފި