Roadha Mihaaru
ކިޑްނީގެ ދުޅަހެޔޮ ކަމަށް ފެން ވަރަށް މުހިންމު

ކިޑްނީގެ ދުޅަހެޔޮ ކަމަށް ފެން ވަރަށް މުހިންމު

24 އެޕްރީލް 2022

ރޯދަވީއްލާގަޑީގައި އެންމެ ފަހުން ދިޔާއެއްޗެއް ގޮތުގައި ކޮފީ، ހަކުރު ހިމެނޭ ޖޫސް ނުވަތަ ފިޒީ ޑްރިންކްސް ނޫން އެއްޗެއް ބުއިން ހެއްޔެވެ؟

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރޯދަވީއްލާގަޑީގައި އެންމެ ފަހުން ދިޔާއެއްޗެއް ގޮތުގައި ކޮފީ، ހަކުރު ހިމެނޭ ޖޫސް ނުވަތަ ފިޒީ ޑްރިންކްސް ނޫން އެއްޗެއް ބުއިން ހެއްޔެވެ؟

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަށް ގިނަ ފަހަރު ހަނދާނެއް ނުވެއެވެ. އެހެންކަމުން އާއްމުކޮށް ރޯދަމަހުގައި ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.

ފެން ބުއިމުގެ މުހިންމުކަން ހަނދާން ނެތެނީ ރޯދަމަހު ކެއުމަށް މާ ބޮޑަށް އިސްކަންދެވޭތީ އެވެ. އެކަމަކު ރާއްޖެ ފަދަ ހޫނު މޫސުން އޮންނަ ގައުމަކު ރޯދަ ހިފާއިރު ރަނގަޅަށް ފެން ބުއިމަށް ހަނދާންކުރަން ޖެހެ އެވެ. ފެން މަދުވުމުގެ ސަބަބުން، ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ބަނޑުގައި ރިއްސުން ފަދަ ކަންތައް ކުރިމަތިވެއެވެ.

ރޯދަ ނޫން ވަގުތުތަކުގައި ފެން ބުއިމަށް އިސްކަން ދޭންޖެހޭނެ އެވެ. އެއީ ފެން މަދުވުމުގެ ސަބަބުން ދިމާވާ ކިޑްނީ މައްސަލަތަކާއި އެކި ސިއްހީ މައްސަލަތަކުން ރައްކާތެރި ވުމަށެވެ. ހަށިގަނޑުން ފެން މަދުވުމުން ނުވަތަ 'މައިލްޑް ޑީހައިޑްރޭޝަން' ގެ ސަބަބުން އާއްމުކޮށް ދިރިއުޅުމުގައި ކުރާ ކަންކަން ކުރުމަށް އުނދަގޫވެ ވަރުބަލިވުމަށް މަގުފަހިވެއެވެ. އަދި ބޮޑަށް ހަށިގަނޑުން ފެންމަދުވުމުން ނުވަތަ 'ސިވިއަރ ޑީހައިޑްރޭޝަން' ގެ ސަބަބުން ކިޑްނީ އަށް ގެއްލުންވުމަށް މެދުވެރިވެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންމަދުވުމުގެ ސަބަބުން ހަށިގަނޑުގައި ވޭސްޓް އަދި އެސިޑް އުފެދި އޭގެ ސަބަބުން ކިޑްނީއަށް ގެއްލުންވާ މަސަލް ޕްރޮޓީން އުފެދުން އެކަށީގެންވެއެވެ.

ކީޑްނީ ދުޅަވުން، ކީޑްނީ ހިލައުފެދުން، ކިޑްނީ ފެއިލްވުން އަދި ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑީ މެދުވެރިވާ ސަބަބުތަކުގެ ތެރައިން މައިގަނޑު އެއްސަބަބަކީ ފެން މަދުވުމެވެ. ރޯދަމަހުގައި ނޫނަސް ފެން ބުއިމަކީ އިސްކަންދޭން ޖެހޭނެ ކަމެކެވެ.

ހަށިގަނޑުގައި ފެން ހުންނަން ޖެހޭމިންވަރަށް ހުރުން ކިޑްނީ އަށް ވަރަށް މުހިއްމު

ފެން ބުއިމުގެ ސަބަބުން ލޭގައި ދައުރުވާ ހަށިގަނޑަށް ބޭނުން ނުވާ މާއްދާތައް ކުޑަކަމުދިއުމުން ބޭރުވެ، ކިޑްނީ އަށް ބޭނުންވާ ނިއުޓިރިއަންޓްސް ލިބުމަށް މަގުފަހިކޮށްދެއެވެ.

ފެންމަދުވުމުގެ ސަބަބުން ނުވަތަ ޑީހައިޑްރޭޝަންގެ ސަބަބުން ކިޑްނީ ގައި ހިލަ އުފެދުމާއި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދުން، މިފަދަ މައްސަލައެއް މެދުވެރި ވެއްޖެނަމަ އަވަހަށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ހަށިގަނޑަށް ލިބެންވާވަރަށް ފެން ލިބޭތޯ ދެނެގަނެވޭނީ ކުޑަކަމުދިއުމުން އޭގޭ ކުލައިންނެވެ. ކުޑަކަމުދާއިރު ގަދަ ރީނދޫ ކުލައިގައި ހުންނަ ނަމަ އެއީ ހަށިގަނޑަށް އިތުރު ފެން ބޭނުންވާ ކަމުގެ ނިޝާނެކެވެ. އެހެން ނަމަވެސް އަބަދުވެސް ގަދަ ކުލައިގައި ކުޑަކަމުދާ ތަކެތި ހުންނަ ނަމަ ޑަކްޓަރުގެ ލަފާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ކިޑްނީ ފެއިލިއަރ ނުވަތަ ކިޑްނީ ފަންކްޝަން މައްސަލަ ހުންނަ މީހުން ފެން ބޯންޖެހޭ މިންވަރު މަދުކުރަންޖެހިދާނެ އެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ ރޯދަހިފުމުގައި ޑޮކްޓަރުގެ ލަފާ ހޯދުން މުހިއްމެވެ.

ރޯދަ ހިފުމުން ގެއްލޭ ފެން އަނބުރާ ގެނައުމަށް ކުރެވިދާނެ ކަންތައް

- ރޯދަވީއްލާ ގަޑީގައި ދެތަށި ފެން ބުއިން

- ބޮޑެތި މީހުން އެންމެ ކުޑަމިނުން 1.5 ލީޓަރު ފެން ބުއިން

- ދުވާލަކު ހަމަކުރަންޖެހޭ ފެނުގެ އަދަދު އެއްފަހަރާ ބުއިމުގެ ސަބަބުން ކިޑްނީ އަށް ބާރުބޮޑުވާނެ

- ފިނި ފެނުގެ ބަދަލުގައި ހޫނު ފެން ބުއިން

- ހަކުރު އަދި ކެފެއިން ގިނަ ބުއިންތައް މަދު ކުރުން

- ކުޅި އަދި ލޮނު ގަދަ ކެއުންތަކުން ދުރުހެލިވުން

- ކަރާ، އަލަނާސި އަދި އޮރެންޖް ފަދަ ފެން ގިނަ މޭވާ ކެއުން

މީގެ އިތުރުން ކިރު ބޭނުންކޮށްގެން ހަދާފައި ބުއިންތަކާއި ސޫޕް އަދި ތާޒާ މޭވާ އަދި ތަރުކާރިން ހަދާފައިވާ ޖޫސް ބޮވިދާނެ އެވެ.

ރޯދަ ހިފުމުގެ ސަބަބުން ކިޑްނީ އަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބައެއް މީހުން ހީކުރެއެވެ. ނަމަވެސް ރޯދަ ހިފުމަކީ ކިޑްނީ އަށް ފައިދާކުރާ ކަމެކެވެ. ފެމިލީ މެޑެސިން އަށް ހާއްސަ ޑޮކްޓަރު ޑރ. މަނާރް ކަރަމް ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑި ހުންނަ މީހުން ރޯދަމަހު ހަނދާން ކުރަން ޖެހޭ ކަންކަން ހިއްސާ ކުރެއްވި އެވެ.

- ޕްލާސްމާ ކްރިއަޓަނީން 30 ޕަސެންޓަށް ވުރެ މަތިވެއްޖެ ނަމަ ނޫނީ ސިރަމް ޕޮޓޭސިއަމް ނުވަތަ ސޯޑިއަމް ބަދަލުވެއްޖެ ނަމަ ރޯދަ ދޫކޮށްލުން

- ރޯދަވީއްލާ ވަގުތު ޕޮޓޭސިއަމް ގިނަ، ފޮސްފަރަސް އެކުލެވޭ ކާތަކެތި (މިސާލަކަށް ދޮންކެޔޮ، ނަޓްސް ގެބާވަތްތައް) ކެއުމާއި ގިނައިން ފެން ބުއިން

- ޑައޭލިސިސް ކުރިއަށް ގެންދާ މީހުން ރޯދަ ހިފާއިރު ރަނގަޅަށް އިލެކްޓްރޯލައިޓްސް ހުންނަ މިންވަރު ބެލުން

- ރޯދަ ނުހިފާ ހުންނަ ވަގުތުތަކުގައި ގިނަގިނައިން ދިޔާއެއްޗެހި ބުއިން

ޑައިބީޓީޒް، އޮބެސިޓީ، ހައިޕަރޓެންޝަން، ނުވަތަ އާއިލާގެ ތެރޭގައި ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ ނަމަ، ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑީ އަށް ސްކްރީން ކުރަންވާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑީ އަށް ސްކްރީނިންގެ ހިދުމަތްތައް ފޯރުކޮށްދެއެވެ.

މި ސްކްރީނިންގެ ޕެކޭޖުގައި ހިމެނޭ ޓެސްޓްތަކަކީ؛

ލޭ ޕްރެޝަރ ބެލުން

ޔޫރިން ޓެސްޓް ކުރުން

ކްރިއަޓަނީން ޓެސްޓް

ޓެސްޓުތަކުގެ ރިޕޯޓް ނަތީޖާ ދެއްކުން

މި ސްކްރީނިން ޕެކޭޖުގެ އަގަކީ 150ރ. އެވެ.

ކުރީކޮޅުގައި ބަލި ދެނެގަނެވުމަކީ ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑީގެ މައްސަލަ ކުޑަކޮށްދިނުމަށާއި ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3351610 ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބޭނެ އެވެ.

ނޯޓް: މިއީ ޓްރީޓޮޕް ހޮސްޕިޓަލްގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.