Roadha Mihaaru
އައިޔޫއައިގެ ފަރުވާ ވެސް ޓްރީ ޓޮޕްގައި

ދަރިމައިވުމުގެ މައްސަލަތަކަށް އައިޔޫއައިގެ ފަރުވާ ވެސް ޓްރީ ޓޮޕްގައި

07 ޖޫން 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދި ފަހުން ހުޅުވި ފާޓިލިޓީ ސެންޓަރުގައި ދަރިމައިވުމުގެ މައްސަލަތަކަށް ދޭ އައިވީއެފްގެ ފަރުވާގެ އިތުރުން އިންޓްރާ ޔުޓެރައިން އިންސެމިނޭޝަން (އައިޔޫއައި)ގެ ފަރުވާ ދޭން ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދި ފަހުން ހުޅުވި ފާޓިލިޓީ ސެންޓަރުގައި ދަރިމައިވުމުގެ މައްސަލަތަކަށް ދޭ އައިވީއެފްގެ ފަރުވާގެ އިތުރުން އިންޓްރާ ޔުޓެރައިން އިންސެމިނޭޝަން (އައިޔޫއައި)ގެ ފަރުވާ ދޭން ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އައިޔޫއައި އަކީ އޮވިއުލޭޓް ވާ ދުވަސްވަރުގައި ކެތިޓާއެއް މެދުވެރިކޮށް ރަހިމުގެ ތެރެއަށް ފިރިހެންމީހާގެ ދަރިފަނިލައިގެން ދަރިމައިވުމަށް ދޭ ފަރުވާއެކެވެ. މިއީ ބަލިވެއިނުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން ފެލޯޕިއަން ޓިއުބާ ހަމައަށް ވާސިލްވާ ދަރިފަނީގެ އަދަދު އިތުރުކޮށްދިނުމަށް ހަދާ ޕްރޮސީޖާއެކެވެ.

އާންމު ގޮތެއްގައި ޑޮކްޓަރުން އައިޔޫއައި ހެދުމަށް ލަފާދޭނީ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަލިވެ އިނުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ދެމަފިރިންނަށާއި ދަރިމައިވުމުގެ އެހެނިހެން މައްސަލަތައް ހުންނަ ޕޭޝަންޓުންނަށެވެ. އޭގެ ތެރޭގައި ދަރިފަނީގެ އަދަދު މަދުވުން ކަހަލަ ދަރިމައިވުމުގެ މައްސަލަތައް ހިމެނެ އެވެ.

އައިޔޫއައި ހެދުމަށް އެންމެ ފުރަތަމަ އަންހެންމީހާގެ ޕީރިއަޑްގެ މުއްދަތު ރަނގަޅަށް މޮނިޓާކޮށް، އޮވިއުލޭޓް ވާ ދުވަސްކޮޅު ދެނެގަންނާނެ އެވެ. ބައެއް ޕޭޝަަންޓުންގެ އޯވަރީ ސްޓިމިއުލޭޓް ކުރުމަށްޓަކައި ޑޮކްޓަރުން ކާ ބޭސް ނުވަތަ އިންޖެކްޝަން ދޭނެ އެވެ. މި ޕްރޮސެސް އަށް ކިޔަނީ އޯވަރީ ސްޓިމިއުލޭޝަން އެވެ.

އެ ޕްރޮސެސްއަށް ފަހު އޮވިއުލޭޝަން ފެށޭ ހިސާބުން ފިރިމީހާގެ ދަރިފަނި ލެބޯރަޓަރީގައި ސާފްކޮށް، ކޮންސެންޓްރޭޓް ކުރުމަށްފަހު، ކުޑަ ކެތެޓާއެއް މެދުވެރިކޮށް ދަރިފަނި އަނބިމީހާގެ ރަހިމުގެ ތެރެއަށް ދޫކޮށްލަ އެވެ.

ކުޑަ ވަގުތުކޮޅަކުން ނިންމާލެވޭ އެ ޕްރޮސީޖާގައި ތަދެއް އިހުސާސެއް ނުކުރެވޭނެ އެވެ.

ފާޓިލިޓީ ކްލިނިކުގައި މަސައްކަތް ކުރާ ޑރ. ޒާކިޔާ އަހުމަދު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފާޓިލިޓީ ކްލިނިކުގައި މަސައްކަތް ކުރާ ޑރ. ޒާކިޔާ އަހުމަދު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އައިޔޫއައި އަކީ ރައްކާތެރިކަން ބޮޑު ޕްރޮސީޖާއެކެވެ. އެ ޕްރޮސީޖާގައި ނުރައްކަލެއް ދިމާވާނީ މަދު ފަހަރަކު އެވެ. ނުރައްކަލެއްގެ ގޮތެއްގައި ދިމާވާ އެއް މައްސަލަ އަކީ އެެއްފަހަރާ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑުވުމެވެ. މިއީ އައިޔޫއައި ހަދާ ކޮންމެ ފަސް މީހަކުން އެކަކަށް ދިމާވާ ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކަ އެވެ.

ބަލިވެ އިނުމުގެ ފުރުސަތު އައިޔޫއައި މެދުވެރިކޮށް ކޮންމެ އައިޔޫއައި ސައިކަލެއްގައި 10 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އޮވެ އެވެ. އަދި އެ ޕްރޮސީޖާގެ ހަ ސައިކަލްއަށް ފަހު ބަލިވެއިނުމުގެ 60 ޕަސެންޓާއި 80 ޕަސެންޓާ ދެމެދަށް އިތުރުވެ އެވެ.

އައިޔޫއައިއާ އެކު ވެސް ބަލިވެ އިނުމުގެ ފުރުސަތައް އަސަރުކުރާ ކަންތައްތައް ހުރެ އެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅި އާއި ހަށިގަނޑަށް ބޭނުންވާ ވިޓަމިން އަދި މިނެރަލްސް ފަދަ ތަކެތި މަދުވުމާއި ނަފްސާނީ ދުޅަހެޔޮކަން ވެސް ހިމެނެ އެވެ.

އައިޔޫއައި ކާމިޔާބުވާ ނިސްބަތް އެކި މީހުންގެ މެދުގައި ތަފާތުވާނެ އެވެ. ކޮންމެ މީހަކު ވެސް މި ފަރުވާ ހޯދާ އިރު ބަލިވެއިނުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް ޑޮކްޓަރަކާ މަޝްވަރާކުރުން ވަރަށް މުހިންމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި މި ޕްރޮސީޖާދިނުމަށާއި ޕްރޮސީޖާގެ ހުރިހާކަމެއްގައި ބޭނުންވާނެ އިރުޝާދު ދިނުމަށް ތަޖުރިބާކާރު، ހުނަރުވެރި، ސްޕެޝަލިސްޓުންގެ ޓީމެއް އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މި ފަދަ ފަރުވާދިނުމުގެ ތަޖުރިބާކާރު ޑޮކްޓަރު ޒާކިޔާ އަހުމަދު ވެސް ހިމެނެ އެވެ.

ޓްރީ ޓޮޕުން މަސައްކަތްކުރަމުން އަންނަނީ އެ ހޮސްޕިޓަލުން ހުޅުވި ފާޓިލިޓީ ސެންޓަރާއި އެކު ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ ގިނަ ބަޔަކަށް، އެ މީހަކާ އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދީ، އާއިލާއެއް ބިނާ ކުރުމުގައި އެހީތެރިވުމަށެވެ.

ނޯޓު: މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެޑްވަޓޯރިއަލްއެކެވެ.