Roadha Mihaaru
ދެ ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ހައި ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

25 އެޕްރީލް 2022

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކޮށް, އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ މި މަހުގެ 20 ވަނަ ދުވަހުގަ އެވެ. އެއީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި އެ ދެ ފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމަށާއި, އެ ކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމެވިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.

ޖޭއެސްސީން ބުނީ އެ ދެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން މައްސަލައިގެ ތަހުގީގުން އެނގޭ ކަމަށެވެ.

ފަނޑިޔާރުންނަށް ހައުސިންގް ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތީސް ހައި ކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ މާލީ ހާއްސަ ލުއިތަކަކާ އެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ބޭރުން ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި ފްލެޓްތަކާ އެ ދެ ފަނޑިޔާރުން ހަވާލުވެވަޑައިގަތުމަކީ ގާނޫނު އަސާސީއާއި ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައި އޮންނަ ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާ ވެސް ހިލާފު އަމަލެއް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.