Roadha Mihaaru
ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ 119 އަހަރުގައި މަރުވެއްޖެ

26 އެޕްރީލް 2022

ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ 119 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ 119 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ޖަޕާނުގެ އަންހެނެއް ކަމަށްވާ ކޭން ޓަނަކާ އުފަންވީ 1903 ގަ އެވެ. ޓަނަކާ އަކީ ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހުންގެ ސެޓިފައިޑް ލިސްޓުގެ އެންމެ ކުރީގައި އޮތް މީހާ އެވެ.

އޭނާ މަރުވުމުން މިހާރު އުމުރުން އެންމެ ދުވަސްވީ މީހާކީ ފްރާންސުގެ އަންހެނެއް ކަމަށްވާ ލުސައިލް ރޭންޑޮން އެވެ. އޭނާގެ އުމުރަކީ 118 އަހަރެވެ.

ޓަނަކާ ގަރުނެއް ކުރިން ކުރި ކައިވެންޏަށް އޭނާ އަށް ހަތަރު ކުދިން ލިބުނެވެ. އުމުރުން 19 އަހަރުގައި ކައިވެނިކުރި ޓަކާގެ އެއްބަނޑު ހަތް މީހުން ތިބި އެވެ.

އޭނާގެ ފިރިމީހާ މަރުވީ 1937 ގައި ސައިނޯ-ޖަޕާނީސް ހަނގުރާމައިގަ އެވެ.

ޒުވާން އުމުރުގައި އޭނާ އަކީ ނޫޑުލްސް ފިހާރައެއް ހިންގި ވިޔަފާރީވެރިއެކެވެ.

އުމުރުގެ އެންމެ ފަހު ދުވަސްތައް އޭނާ ހޭދަކުރީ ޖަޕާނުގެ ކެއާ ހޯމްއެއްގަ އެވެ. އޭނާ އަކީ ވަރަށް ބޯޑް ގޭމް ކުޅޭ ހިތްވި މީހެކެވެ. އަދި އޭނާ އަށް ޗޮކްލެންޓް ވަރަށް މީރެވެ. އަދި ހިސާބާއި ކެލިގްރެފީ އަށް ވެސް އޭނާ ވަރަށް ޝައުގުވެރިވި އެވެ.

އެންމެ ދޮށީ އުމުރުގައި ދުނިޔެއިން މީހަކު މަރުވެފައި ވަނީ 122 އަހަރުގަ އެވެ. އެއީ 1997 ވަނަ އަހަރު މަރުވި ފްރާންސްގެ އަންހެނެއް ކަމަށްވާ ޖިއޭނީ ލުއިސް ކެލްމެންޓް އެވެ.

ދުނިޔޭގައި އުމުރުން ދޮށީ މީހުންގެ އާބާދީ މިހާރު އެންމެ ބޮޑީ ވެސް ޖަޕާނުގަ އެވެ.