ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޖަޕާނުގެ މަޖިލިސް މެންބަރަކު މަރުވެއްޖެ އެވެ.
28 ޑިސެމްބަރ 2024
ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޖަޕާނުގެ މަޖިލިސް މެންބަރަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ޅ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 70 އަހަރުގެ ޖަޕާނުގެ ޓޫރިސްޓަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް އިއްޔެ ހެނދުނު 8:33 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޖަޕާނުގެ ވެރިކަން ކުރާ ޕާޓީއާ ހަވާލާދީ ބައެއް މީޑިއާތަކުން އަންނަނީ އެ ގައުމުގެ މަޖިލިސް މެންބަރެއް ކަމަށްވާ ޓޮޝިޔުކި އަޑާޗި ރާއްޖޭގައި މަރުވެގެން އުޅޭ ކަމަށް ރިޕޯޓު ކުރަމުންނެވެ. ނަމަވެސް އެ ގައުމުގެ މަޖިލީހުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް ރާއްޖޭގައި މަރުވެފައި ވަނީ އޭނާ ކަން "މިހާރު" އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ފޮރިން މިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ދުނިޔޭގެ އުމުރުން އެންމެ ދުވަސްވީ މީހާ މަރުވެއްޖެ
ތޫފާން "ހަގިބިސް" ގައި ޖަޕާނުން 25 މަރު
މަރުވާ މީހުންނަށް ޖަޕާނުގައި ހާއްސަ ހޮޓާތަކެއް
މަރުވެފައިވާ މީހުންނާ "ވާހަކަ ދައްކަން" ހާއްސަ ފޯނެއް
ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފު އައްޔަންކޮށްފި
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި
ބޭބެ ނިޔާވިތާ 24 ގަޑިއިރު ނުވެ ކޮއްކޮ ނިޔާވެއްޖެ
އޭދަފުށީ ހިތްގައިމު މިސްކިތުގެ ބާނީ އަވަހާރަވެއްޖެ