26 އެޕްރީލް 2022
ފާއިތުވި ތިން އަހަރުގެ ރޯދަމަހާ އަޅާބަލާއިރު މި އަހަރުގެ ރޯދަމަހު ކާބޯތަކެތި އެތެރެކުރި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ރޯދަޔަށް ގެނައި ހުރިހާ ޝިޕްމަންޓެއް ކްލިއާކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
ފާއިތުވި ތިން އަހަރުގެ ރޯދަމަހާ އަޅާބަލާއިރު މި އަހަރުގެ ރޯދަމަހު ކާބޯތަކެތި އެތެރެކުރި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ރޯދަޔަށް ގެނައި ހުރިހާ ޝިޕްމަންޓެއް ކްލިއާކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ރޯދަމަހު އެ ކުންފުނީގެ މަގުސަދަކަށްވީ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ކުލިއަކޮށް ބާޒާރާ ހަމައަށް ނެރެވޭނެ ގޮތަކަށް ޕޯޓްގެ މަސައްކަތް ބައްޓަންކުރުން ކަމަށެވެ.
''އަޅުގަނޑުމެންގެ މަގުސަދަކަށްވީ މި ރޯދަމަހު ގެނެވޭ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ބަނދަރުން ބޯޓު އައުމާ އެކު ބޭލި، އެ ތަކެތި ކުލިއާ ކުރެވިގެން ބާޒާރާ ހަމައަށް ނެރެވިގެންދާނެ ގޮތަކަށް ޕޯޓްގެ މަސައްކަތް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިދިޔަ ތިން ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއްވެސް ކަހަލަ ދަތިކަމެއް ނެތި ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ރޯދަމަހަށް ގެނައި ހުރިހާ ޝިޕްމަންޓެއް ބޭރުކޮށް ބާޒާރާ ހަމައަށް ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މައިގަނޑު ގޮތެއްގައި މިދިޔަ ތިން އަހަރާ އަޅާބަލާއިރު މި އަހަރު ކާބޯތަކެތި އެތެރެކުރެވުނު އަދަދު ވަރަށް ބޮޑަށް އިތުރު ކަމަށެވެ.
''މިދިޔަ ތިން އަހަރާ އަޅާ ބަލާއިރު މި އަހަރު އިމްޕޯޓުކުރެވިފަ ހުރި އަދަދު, މި ތިން ހަފުތާގެ ޖުމްލައަށް ބަލާއިރު މިހާރު ވެސް މިވަނީ ބޮޑުވެފަ. ދެން ކޮންޓެއިނާ ކާގޯއަށް ބަލާއިރު ވެސް ދެހާސްވިހި އެކާވީހަށް ވުރެ 2022 ގެ މި ތިން ހަފުތާގެ އިމްޕޯޓްސް މިވަނީ އިތުރުވެފައި. އެހެންނަމަވެސް 2019 އާއި އަޅާބަލާއިރު ކުޑަކުޑަ ތަންކޮޅެއް ދަށްވެދާނެ. އެހެންނަމަވެސް ރޯދަމަސް ނިމޭއިރު ތަފާސްހިސާބުތައް ހެދީމަ ޖުމްލަކޮށް ހަމަ 2019 އާ ވެސް ކައިރި ކުރާ އަދަދަކަށް،" އޭނާ ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި އެމްޕީއެލްގެ ޗީފް އޮޕަރޭޝަންސް މުހައްމަދު މަސީހު ވިދާޅުވީ ފާއިތުވި ތިން ހަފުތާގައި ޕޯޓުގެ މަސައްކަތް ދިޔައީ ވަރަށް ބިޒީކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޯޓެއް ކޯލްކޮށްފައިވާ ކަމަށާއި ކޮންޓެއިނާއަށް ބަލާއިރު ކޮންމެ ތިން ދުވަހުން އެއް ދުވަހު ބޯޓެއް ކޯލްކޮށްފައިވާ ކަމަށެވެ.
ރޯދަ މަހު މުދާ ބޭރުކުރުމުގައި ދައްޗެއް ނުވާނެ
މުދާ ނުބޭލިގެން ފުރި ބޯޓުގެ ކޮންޓެއިނާތައް ގެނެސްފި
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އިމްޕޯޓް މަތިވި އިރު އެކްސްޕޯޓް ދަށްވެފައި!
އެމްޕީއެލްގެ ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން
ރާއްޖޭގެ އެކްސްޕޯޓް 50 ޕަސެންޓް އިތުރުވެއްޖެ
މުދާ ބޭރުކުރަން އާ ވެހިކަލްތަކެއް، އަވަސް ވާނެ
އެކްސްޕޯޓް ކޮންޓެއިނާ ފީ އެމްޕީއެލް އިން ކުޑަކޮށްފި
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން