09 އޮކްޓޯބަރ 2024
ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) އިން ބޯޓުތަކުން ރާއްޖެއަށް ދަތުރު ފެށުމުން، ކޮންމެ މަހަކު ރާއްޖެ ގެންނަ ކޮންޓެއިނާގެ އަދަދު 6،000 އަށް އިތުރުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) އިން ބޯޓުތަކުން ރާއްޖެއަށް ދަތުރު ފެށުމުން، ކޮންމެ މަހަކު ރާއްޖެ ގެންނަ ކޮންޓެއިނާގެ އަދަދު 6،000 އަށް އިތުރުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި އެވެ.
އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ މާލޭ ކޮމާޝަލް ހާބަރަށް މަހަކު އާންމުކޮށް 5،000 ކޮންޓެއިނާގެ މުދާ ގެންނަ ކަމަށެވެ. އެކަމަކު އެމްއެސްސީ އިން ރާއްޖެއަށް ދަތުރުތައް ކުރަން ފެށުމުން، މަހަކު 1،000 ކޮންޓެއިނާގެ މުދާ އިތުރުވާނެ ކަމަށެވެ.
އެމްއެސްސީ މަނަސަފް ބޯޓުން ގެނައި ކޮންޓެއިނާތައް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިއްޔެ މާލޭގައި ބަނދަރު ކުރީ "އެމްއެސްސީ މަނަސަފް" ބޯޓެވެ. މި ބޯޓަށް މަރުހަބާ ކިއުމަށް އެމްޕީއެލް އިން ވަނީ ވޯޓަ ސެލިއުޓެއް ދީފަ އެވެ. އެމްޕީއެލް އިން ބުނީ އެމްއެސްސީ އިން މަހަކު ތިން ދަތުރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އެގޮތުން އިއްޔެ އައި ބޯޓުން ވަނީ 896 ކޮންޓެއިނާ ގެނެސްފަ އެވެ.
އެ ރަސްމިއްޔާތުގައި ވަޖީހް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ބޯޓުތައް އިތުރުވާ ވަރަކަށް ވިޔަފާރި އިތުރަށް ފުޅާ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޖީހު ވާހަކަ ދައްކަވަނީ --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެމްއެސްސީގެ ލޯކަލް އޭޖެންޓަކީ ސެންޗޫރިއަން އެވެ. ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރު އައިމަން ޖަލީލް ވިދާޅުވީ އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމްޕީއެލްގެ ފަރާތުން ކަމަށެވެ.
އެމްއެސްސީގެ ބޯޓުތައް ސިންގަޕޫރުންނާއި އިންޑިއާ އިން އަދި ކޮލަންބޯ އިން ރާއްޖެއަށް އަންނާނެ އެވެ.
އެމްއެސްސީއަކީ ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ފްލީޓް އޮތް ކުންފުންޏެވެ. ދުނިޔޭގައި ބޭނުންކުރާ ޝިޕިންލައިން ބޯޓުތަކުގެ ކޮންޓެއިނާ ކެޕޭސިޓީގެ 20 ޕަސެންޓް ނިސްބަތް ވަނީ އެ ކުންފުންޏަށެވެ.
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް
ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނީގެ ބޯޓު ރާއްޖެއަށް
އުތުރު ގޭޓްވޭއިން އެމްޕީއެލް މުއްސަނދި ކުންފުންޏަކަށް
އެމްޕީއެލްގެ ވެރިން މުދާ އުފުލުމުގެ މަސައްކަތަށް
އެމްޕީއެލް އިން ބޯޓު ފަހަރުން ޑޮލަރުން ފީ ނަގަނީ
ލ. ގައި ބަންކަރިން ހިދުމަތް ދޭން އެމްޕީއެލް ބޭނުންވޭ
ވިޔަފާރި ބަނދަރުގެ ހިދުމަތަށް ޑޮލަރުން ފީ ނަގަނީ
ވަޖީހު: ކޮންޓެއިނަރުގެ އާމްދަނީގެ ބޭރުން އެތައް ކަމެއް
އެމްޕީއެލްގެ ފްލެޓްތަކުން ކުލި ނަގާނީ އެންމެން ވަނުމުން