މާތް ﷲ ރުއްސުންލެއްވި އާއިޝަތުގެފާނު ވިދާޅުވި އެވެ. "ކީރިތި ރަސޫލާ ﷺ ރޯދަމަހު ވެސް އަދި އެހެން މަހެއްގައި ވެސް (ރޭގަނޑުގެ ގިޔާމުގައި) 11 ރަކުއަތަށް ވުރެ އިތުރެއް ނުކުރައްވަ އެވެ. ފުރަތަމަ ހަތަރު ރަކުއަތް ކުރައްވަ އެވެ. ދެން އަނެއްކާ ވެސް ހަތަރު ރަކުއަތް ކުރައްވަ އެވެ. ދެން ތިން ރަކުއަތް ކުރައްވައެވެ." މި ތަނުގައި ހަތަރު ރަކުއަތޭ އަދި ތިން ރަކުއަތޭ އޮތަސް މާނައަކީ ކޮންމެ ދެ ރަކުއަތަކުން ސަލާމް ދިނުމާ އެކު ކުރެއްވުމެވެ. އެހެނީ ގިޔާމުއްލައިލް އަކީ ދެ ރަކުއަތުން ދެ ރަކުއަތުން ކުރާ ނަމާދެއްކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާންކުރައްވައިފަ އެވެ.
27 އެޕްރީލް 2022
މާތް ﷲ ރުއްސުންލެއްވި އާއިޝަތުގެފާނު ވިދާޅުވި އެވެ. "ކީރިތި ރަސޫލާ ﷺ ރޯދަމަހު ވެސް އަދި އެހެން މަހެއްގައި ވެސް (ރޭގަނޑުގެ ގިޔާމުގައި) 11 ރަކުއަތަށް ވުރެ އިތުރެއް ނުކުރައްވަ އެވެ. ފުރަތަމަ ހަތަރު ރަކުއަތް ކުރައްވަ އެވެ. ދެން އަނެއްކާ ވެސް ހަތަރު ރަކުއަތް ކުރައްވަ އެވެ. ދެން ތިން ރަކުއަތް ކުރައްވައެވެ." މި ތަނުގައި ހަތަރު ރަކުއަތޭ އަދި ތިން ރަކުއަތޭ އޮތަސް މާނައަކީ ކޮންމެ ދެ ރަކުއަތަކުން ސަލާމް ދިނުމާ އެކު ކުރެއްވުމެވެ. އެހެނީ ގިޔާމުއްލައިލް އަކީ ދެ ރަކުއަތުން ދެ ރަކުއަތުން ކުރާ ނަމާދެއްކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާންކުރައްވައިފަ އެވެ.
ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ވެސް ކީރިތި ރަސޫލާ ﷺ އެބޭކަލުންނާއެކު އަށް ރަކުއަތާއި ވިތުރި ކުރެއްވި އެވެ. އަދި އެބޭކަލުން އޭގެ ފަހުން އިންތިޒާރު ކުރެއްވިއިރު ވެސް އެކަލޭގެފާނު ދެން (އިތުރު ރަކުއަތެއް ކުރައްވާކަށް) ނުކުމެވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން މިއީ ކީރިތި ރަސޫލާ މިކަން ކުރެއްވި ގޮތެވެ.
ނަމަވެސް ގިޔާމުއްލައިލުގައި ރަކުއަތުގެ އަދަދު ކަނޑައެޅި ބަޔާންވެފައެއް ނުވެ އެވެ. ސަމުރަތު ބުނު ޖުންދުބުގެ ކިބައިން ރިވާ ވެގެން ވެ އެވެ. "ކީރިތި ރަސޫލާ ﷺ ތިމަންމެންނަށް އަމުރު ކުރެއްވީ މަދުން ވިއަސް އަދި ގިނައިން ވިއަސް ރޭގަނޑު ނަމާދު ކުރެއްވުމަށެވެ. އަދި އެ ނަމާދު ވިތުރިއަކުން ނިންމާލުމަށެވެ."
މިކަން މި ގޮތަށް އޮތުމުން އުމަރުގެފާނުގެ ޒަމާނުގަ އާއި އުސްމާނުގެފާނުގެ ޒަމާނުގަ އާއި އަލީގެފާނުގެ ޒަމާނުގައި މީސްތަކުން 20 ރަކުއަތް ކުރި އެވެ. އިސްލާމީ ފިގުހުވެރިން ކުރެ ހަނަފީ މަޒްހަބާއި ހަންބަލީ މަޒްހަބުގެ ޖުމްހޫރުންގެ ރައުޔަކީ އެއީ އެވެ. އަދި ސާހިރީ މަޒުހަބުގައި ވަނީ ވެސް އެ ގޮތެވެ.
އިމާމް ތިރުމިޒީ ވިދާޅުވި އެވެ. ގިނަ އިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ އުމަރުގެފާނާއި އަލީގެފާނާއި އެ ނޫން ވެސް ބައެއް ސަހާބީން ވިދާޅުވެފައިވާ ފަދައިން 20 ރަކުއަތް ކުރުމަށެވެ.
ތަރާވީހު ނަމާދުގައި އަށް ރަކުއަތް ކުރުމަކީ ވެސް އަދި 20 ރަކުއަތް ކުރުމަކީ ވެސް އަދި އެ ނޫން މިންވަރަކަށް ކުރުމަކީ ވެސް އެ މީހެއްގެ އިހުތިޔާރަށް ދޫކޮށްލެވިފައިވާ ކަމެކެވެ.
އައްސައުރީ އާއި އިބްނުލް މުބާރިކާއި އައްޝާފިއީގެ ރައުޔަކީ ވެސް މި އެވެ. ނަމަވެސް އިމާމް މާލިކް ވިދާޅުވަނީ 36 ރަކުއަތް ކަމަށެވެ. އެއީ ވިތުރި ނުލަ އެވެ. އިބްނު ހިއްބާނު ވިދާޅުވި އެވެ. "ތަރާވީހު ނަމާދު އެންމެ ފުރަތަމަ ކުރެވުނީ 11 ރަކުއަތެވެ. އޭރު ވަރަށް ދިގުކޮށް ޤުރުއާން ކިޔަވަ އެވެ. އެހެންވެ މީސްތަކުންނަށް ބުރެވެގެން ކިޔެވުން ކުރު ކޮށްލެވުނެވެ. އަދި އޭގެ ބަދަލުގައި ރަކުއަތް މަދުކޮށްލި އެވެ.
މިގޮތުން ޝަފް އާއި ވިތުރި ނުލައި 20 ރަކުއަތްކޮށް މެދުމިންވަރުގެ ދިގުމިނަކަށް ޤުރުއާން ކިޔެވި އެވެ. އަދި އޭގެ ފަހުން އަނެއްކާވެސް ކިޔެވުން ކުރުކޮށް ޝަފް އާއި ވިތުރި ނުލައި 36 ރަކުއަތް ކުރި އެވެ. ދެން އެގޮތުގައި ދެމިއޮތެވެ.
އަލްހާފިޒް ވިދާޅުވި އެވެ. މި އިހުތިލާފުތައް އުފެދިފައި މި ވަނީ ދިގުކޮށް ކިޔެވުމާއި ކުރުކޮށް ކިޔެވުމުގެ މައްޗަށް ކަމަށް ވާތީ ދިގުކޮށް ކިޔަވާ ނަމަ މަދުން ރަކުއަތް ކުރާނީ އެވެ. ކުރުކޮށް ކިޔަވާ ނަމަ ގިނައިން ރަކުއަތް ކުރާނީ އެވެ. އަދިވެސް އަލްހާފިޒު ވިދާޅުވި އެވެ. "މަދީނާގެ އަހުލުވެރިން 36 ރަކުއަތް ކުރި އެވެ. އެއީ މައްކާގެ އަހުލުވެރިންނާ އެއްވަރު ކުރުމަށެވެ. މައްކާގެ އަހުލުވެރިން ކޮންމެ ތަރުވީހާއެއް (ކޮންމެ ހަތަރު ރަކުއަތެއް) ގެ ދެމެދު ތަވާފުގެ ހަތްބުރު ޖަހަ އެވެ. ކޮންމެ ހަތްބުރެއްގެ ތަވާފަކަށް ހަތަރު ރަކުއަތް އިތުރު ކުރެ އެވެ." ވީމާ މަދީނާގެ އަހުލުވެރިން 36 ރަކުއަތް ކުރާނީ މައްކާގެ އަހުލުވެރިން ހަތަރު ފަހަރު ތަވާފު ކުރާ ނަމަ އެވެ. އެއީ މައްކާގެ އަހުލުވެރިން 20 ރަކުއަތް ކުރާތީ އެވެ.
މި ދަލީލުތަކުގެ އަލީގައި ބައެއް އިލްމުވެރިން ވިދާޅުވަނީ އަށް ރަކުއަތަކީ ސުންނަތް މިންވަރު ކަމަށެވެ. އެހެނީ ރަސޫލާ ﷺ ގެ އަމަލުފުޅުން އެކަން އެގޮތަށް ސާބިތުވާތީ އެވެ. ނަމަވެސް އަސްހާބުންގެ އަމަލަށް ބަލައި އިތުރަށް ކުރާ ރަކުއަތް ތަކަކީ މުސްތަހައްބު ރަކުއަތް ތަކެކެވެ. އެހެންކަމުން ތަރާވީހު ނަމާދުގައި އަށް ރަކުއަތް ކުރުމަކީ ވެސް އަދި 20 ރަކުއަތް ކުރުމަކީ ވެސް އަދި އެ ނޫން މިންވަރަކަށް ކުރުމަކީ ވެސް އެ މީހެއްގެ އިހުތިޔާރަށް ދޫކޮށްލެވިފައިވާ ކަމެކެވެ.
ނައިފަރުގައި ފަސް ކުދިން އިމާމުވެ ދަމުނަމާދު ކުރަނީ
ނަމާދަށް ފަރުވާތެރިވާން އާދަކުރަން ރަނގަޅު ފުރުސަތެއް
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
ޖަމާއަތުގައި ނަމާދު ކޮށްގެން 38 ކުދިންނަށް ބައިސިކަލް
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
އަޅުކަންތަކުގައި މީހުން ފޫހިނުކުރުމުގެ މުހިންމުކަން
މާލޭގައި ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި
އިމާމުވެ ތަރާވީސްކުރާނީ ގުރުއާން ހިތުދަސް ދެބެއިން
ލަންދޫ ދަރިވަރުން މިހާރު ނަމާދުކުރާނީ ޖަމާއަތުގައި
ޖަމާއަތުގައި ނަމާދު ކުރަން ވަގުތު ހުސްކުރާނެ ގޮތްތައް