ލިވަޕޫލް (އޭޕްރީލް 27) - ވިޔަރެއާލްގެ ކޯޗު އުނައި އެމެރީއަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކޯޗެއް ކަމަށާއި އޭނާގެ ޓީމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުލާނެ ކަމަށް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
27 އެޕްރީލް 2022
ލިވަޕޫލް (އޭޕްރީލް 27) - ވިޔަރެއާލްގެ ކޯޗު އުނައި އެމެރީއަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކޯޗެއް ކަމަށާއި އޭނާގެ ޓީމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށް ނުލާނެ ކަމަށް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ވިޔަރެއާލްއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކްލޮޕް ބުނީ ޔުވެންޓަސް އާއި ބަޔާން މިޔުނިކާ ދެކޮޅަށް ވިޔަރެއާލްއިން ދައްކާފައިވާ ކުޅުމުގެ ސަބަބުން އެޓީމާ މެދު ތަފާތުކޮށް ވިސްނަން ޖެހޭ ކަމަށެވެ.
"އަހަރެމެން ހެދިން ފުރިހަމަ ތަހްލީލެއް އެޓީމު ކުޅޭ ގޮތާމެދު. އަދި އުނައި އެމެރީއާ ވިޔަރެއާލް އަށް އަހަރެން ވަރަށް އިހްތިރާމް ކުރިން. ކުރިން ފެށިގެން ވެސް. ސަބަބަކީ އަހަރެން ބެލިން ބަޔާން މިޔުނިކާ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު. އެއީ ވަރަށް މޮޅު ގޭމެއްގެ މައްޗަށް ބައްޓަން ކޮށްފައިވީ ދެ މެޗު. ތަފާތު މޮޅު ގޭމެއް. އުނައި އަކީ ހުރިހާ ހާލަތަކަށް ވެސް ތައްޔާރުވެގެން ހުންނަ ކޯޗެއް،" ލިވަޕޫލާއެކު ޔޫރޮޕާ ލީގުގައި 2016 ގެ ފައިނަލުގައި އެމެރީ އޭރު ކޯޗުކޮށްދިން ސެވިއްޔާ އަތުން ބަލިވި ކްލޮޕް ބުންޏެވެ.
"ހަމަ ހަގީގަތުގައި ވެސް ވަރަށް ރަނގަޅަށް ބިލްޑް އަޕް ކުރާނެ ތަފާތު ގޮތްތައް އޭނާ ބޭނުންކުރޭ. ޕްރެޝަރު ކުރާނެ ތަފާތު ގޮތްތައް ބޭނުންކުރޭ. ނަތީޖާއަށް ރިއެކްޓް ކުރާނެ ތަފާތު ގޮތްތައް ބޭނުންކުރޭ. އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކޯޗެއް، އޭނާ އަކީ ވިޔަރެއާލްގައި ހީވެސް ނުކުރާ ވަރުގެ މަސައްކަތެއް ކުރަމުން އަންނަ ކޯޗެއް."
ޔޫރޮޕާ ލީގުގައި އުނައި އެމެރީ އަކީ ރެކޯޑް ނަތީޖާތަކެއް ނެރެފައިވާ ކޯޗެކެވެ. ހަތަރު ފަހަރު އެ މުބާރާތް ކާމިޔާބު ކުރި އެވެ. އެންމެ ފަހުގެ މުބާރާތް ވިޔަރެއާލް އަށް ހޯދައިދިނީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލި ކުރުމަށް ފަހު އެވެ. ސެވިއްޔާ އަށް ވިދިވިދިގެން ތިން ފަހަރު އެމުބާރާތް ކާމިޔާބުކޮށްދިނެވެ.
އެކަމަކު މިސީޒަންގެ ޑޮމެސްޓިކް މުބާރާތްތަކުގެ ނަތީޖާ އޭނާގެ ޓީމަށް ރަނގަޅެއް ނޫނެވެ. އެޓީމު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައާ ނުވަ ޕޮއިންޓް ދުރުގަ އެވެ. ކްލޮޕްގެ ލިވަޕޫލަށް މި ސީޒަންގައި ހަތަރު ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ.
އެކަމަކު އޭނާ ބުނީ މިވަގުތު އެހެން މުބާރާތްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ސަބަބކީ އަހަރެމެން މިތިބީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އަހަރެމެން މިބަލަނީ ވިޔަރެއާލް އަށް. މީއީ ތފާތު މެޗަކަށް ވާނެ."
ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
ވިޔަރެއާލް ބަލިކޮށް ލިވަޕޫލް ފައިނަލާ ކައިރިއަށް
ލިވަޕޫލުން ފެންނަނީ ކްލޮޕްގެ ކެތްތެރިކަމުގެ ނަތީޖާ
އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސާ މޮޅުވެއްޖެ
ލިވަޕޫލާއި ބާސެލޯނާ ގަދަ 16 ޓީމުގެ ބުރަށް
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް