Roadha Mihaaru
ލިވަޕޫލުން ފެންނަނީ ކްލޮޕްގެ ކެތްތެރިކަމުގެ ނަތީޖާ

ލިވަޕޫލުން ފެންނަނީ ކްލޮޕްގެ ކެތްތެރިކަމުގެ ނަތީޖާ: އެމެރީ

27 އެޕްރީލް 2022

ލިވަޕޫލް (އޭޕްރީލް 27) - ލިވަޕޫލް މިހާރު އޮތް ޓީމުން ފެންނަނީ، އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ކެތްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވިޔަރެއާލްގެ ކޯޗު އުނައި އެމެރީ ބުނެފި އެވެ.

ލިވަޕޫލް (އޭޕްރީލް 27) - ލިވަޕޫލް މިހާރު އޮތް ޓީމުން ފެންނަނީ، އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ކެތްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވިޔަރެއާލްގެ ކޯޗު އުނައި އެމެރީ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވިޔަރެއާލް މިރޭ، އެންފީްލޑްގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނެ އެވެ. ލިވަޕޫލްގައި ކްލޮޕްގެ ފުރަތަމަ ސީޒަންގައި ޔޫރޮޕާ ލީގު ފައިނަލުގައި ސެވިއްޔާ އާއެކު ލިވަޕޫލާ ދެކޮޅަށް ނުކުތް އެމެރީ ބުނީ އޭރު ފައިނަލުގައި ނުކުތް ޓީމާ މިހާރު އޮތް ލިވަޕޫލަށް ބަލާލުމުން ފެނިގެންދަނީ ކްލޮޕްގެ ކެތްތެރިކަމާއި ލީޑާޝިޕް ކަމަށެވެ.

"މިހާރު އެޓީމު އޮތް މަގާމަށް ބެލުމުން ފެންނާނީ ކެތްތެރިކަމާ އެކު ކޮށްފައި އޮތް މަސައްކަތް. ޓީމު ބިނާ ކުރުމުގެ މަރުހަލާގައި ދައްކަންޖެހޭ ލީޑާޝިޕް އަދި އެމަރުހަލާ އަށް ކުރަންޖެހޭ އިތުބާރުގެ މުހިންމުކަން،" އެމެރީ ބުންޏެވެ.

"މިއީ އަހަންނަށް ފެނުނު އެންމެ މޮޅު ލިވަޕޫލް. ވަރުގަދަ ލިވަޕޫލް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު އަހަރެން ހުރިން. އަދި މިއަހަރު އެޓީމުގެ ކުޅުން ބަލަމުން ދިރާސާކުރަމުން އަހަރެމެން މިދަނީ. ލިވަޕޫލް އޮތީ ތާފާތު މޮޅު ޓީމެއް. އެއީ އަހަރުތަކެއް ވަންދެން ކްލޮޕް ބިނާކުރަމުން ދިޔަ ޕްރޮޖެކްޓެއްގެ ދަށުން ކޮށްފައި އޮތް މަސއްކަތެއް."

އެމެރީ ބުނީ ފުޓްބޯޅަ އަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކްލޮޕް އެބަދަލުތައް ގެންނަމުންދާ ކަމަށެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.