މާސީސައިޑް (އޭޕްރީލް 28) - ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލުން އެންފީލްޑުގައި ވިޔަރެާލާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
28 އެޕްރީލް 2022
މާސީސައިޑް (އޭޕްރީލް 28) - ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލުން އެންފީލްޑުގައި ވިޔަރެާލާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
ލިވަޕޫލް މެޗު ކާމިޔާބު ކުރުމުން އަނެއްކާ ވެސް އިނގިރޭސި ފުޓްބޯޅައިގެ ކުރިމަތިލުމަކަށް މިފަހަރު ޗެމްޕިއަންސް ލީގު ފައިނަލް ވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ފުރަތަމަ ސެމީ ފައިނަލްގައި އެންެ ފަހުގެ ރަނަރަފް މެންޗެސްޓާ ސިޓީން ވަނީ ރެއާލް މެޑްރިޑް ބަލިކޮށް ފައިނަލްގެ އުންމީދު ދަމަހައްޓައިފަ އެވެ. މިދިޔަ އަހަރު ފައިނަލްގައި ސިޓީއާ ވާދަކޮށް މުބާރާތް ކާމިޔާބު ކުރީ ވާދަވެރި ޗެލްސީ އެވެ.
މިރޭގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑެއް ނުޖެހުނެވެ. ވިޔަރެއާލް އިން ވަނީ އެހާފުގައި ލިވަޕޫލްގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ހާފް ނިމެނިކޮށް އޭރިއާ ބޭރުން ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ފޮނުވާލި ބޯލައެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. އަދި އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ނަގައިދިން ހުރަހެއް ވެސް ދަނޑީގައި ޖެހުނެވެ.
މީގެ އިތުރުން ލުއިސް ޑިއާޒްގެ ހަމަލާއެއް ވިޔަރެއާލްގެ އާޖެންޓީނާ ކީޕަރު ގެރޯނިމޯ ރުލީ ދިފާއު ކުރި އެވެ. މުހައްމަދު ސަލާހާއި ސަޑިއޯ މާނޭގެ ހަމަލާތައް ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.
ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓުގައި ލިވަޕޫލުން ނެގި ކޯނަރެއްގައި އެޓީމުގެ ފަބީނިއޯ ވަނީ ލަނޑު ޖަހައިފަ އެވެ. ނަމަވެސް އެ ގޯލުގައި ލިވަޕޫލް ކުޅުންތެރިން އޮފްސައިޑު ވުމުން ރެފްރީ އެ ގޯލު ބަލައެއް ނުގަތެވެވެ.
ލިވަޕޫލަށް ލީޑު ލިބުނީ މެޗުގެ 53 ވަނަ މިނިޓުގައި ވިޔަރެއާލްގެ ޑިފެންޑަރު ޕާވިސް އެސްޓުޕިނާން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ގޯލަށް ވަނީ އެސްޓުޕިނާން ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ކީޕަރު ބޯ މަތިން ގޯލުގެ ތެރެއަށް އޮއްސިގެންނެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލަށް ލީޑު ލިބުނުތާ ދެ މިނިޓު ފަހުން އެޓީމުން އިތުބާރު ހޯދީ ސަލާހު ތަނަވަސްކުރި ފުރުސަތެއްގައި މާނޭ ޖެހި ގޯލުން ލީޑު ފުޅާ ކޮށްގެންނެވެ. އޭގެ ފަހުން ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ނަގައިދިން ހުރަހަކުން އެންޑީ ރޮބާޓްސަން ވެސް ބޯޅަ ގޯލަށް ފޮނުވާލި އެެ. އެކަމަކު އެ ލަނޑު ވެސް ބަލައިނުގަތީ ރޮބާޓްސަން އޮފްސައިޑު ވުމުންނެވެ.
މި ހާފުގައި ލިވަޕޫލްގެ ޑިފެނޑަރު ވާޖިލް ވެން ޑައިކް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވިޔަރެއާލްގެ ކީޕަރު ރުލީ ދިފާއު ކުރި އިރު، ލުއިސް ޑިއާޒް ފޮނުވާލި ބޯޅައެއް ގޯލު ދަނޑި ކައިރިން ބޭރުވީ ވިޔަރެއާލްގެ ކެޕްޓަން ރައުލް އަލްބިއޮލް ފައިގައި ޖެހިފަ އެވެ. އަދި އޭގެ ފަހުން ޑިއާޒް އަށް ލިބުނު ފުރުސަތެއްގައި އޭނާއަށް މާ ރަނގަޅަށް ބޯޅަ ފޮނުވާލެވޭގޮތެއް ނުވި އެވެ.
މި ދެޓީމު ވިޔަރެއާލްގެ ދަނޑުގައި ސްޕެއިންގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާ އަންގާރަ ދުވަހުގެ ރެއެވެ.
ލިވަޕޫލުން ފެންނަނީ ކްލޮޕްގެ ކެތްތެރިކަމުގެ ނަތީޖާ
އެމެރީއަކީ ވޯލްޑް ކްލާސް ކޯޗެއް، ފަސޭހަކޮށް ނުލާނަން
އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސާ މޮޅުވެއްޖެ
ލިވަޕޫލާއި ބާސެލޯނާ ގަދަ 16 ޓީމުގެ ބުރަށް
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް