ޗާނދަނީމަގުގައި ކުރިން އުމަރު ޝޮޕިން އާކޭޑް ހިންގި ތަނުގައި އެލައިޑް އިންޝުއަރެންސް އިން ހެދި އާ އިމާރާތައް ބޭނުންކުރަން ފަށައި، އެތަނަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް މިއަދު ބަދަލުކޮށްފި އެވެ.
ޗާނދަނީމަގުގައި ކުރިން އުމަރު ޝޮޕިން އާކޭޑް ހިންގި ތަނުގައި އެލައިޑް އިންޝުއަރެންސް އިން ހެދި އާ އިމާރާތައް ބޭނުންކުރަން ފަށައި، އެތަނަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް މިއަދު ބަދަލުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް މިއަދު ވިދާޅުވީ އެ ކުންފުނިން ހެދި ނުވަ ބުރީގެ އިމާރާތަށް ޕެންޝަން އޮފީހުގެ އިތުރުން އެންމެ ތިރީ ތިން ބުރި އެސްޓީއޯއަށް ދޫކޮށްފައިވާ ކަމަށެވެ.
ޕެންޝަން އޮފީސް ބަދަލުވީ މި ފަހުން މާލޭގައި ހެދި އެންމެ ހިތްގައިމު އިމާރާތުގެ އެންމެ މަތީ ދެ ބުރި އަށެވެ. ޕެންޝަން އޮފީސް އެންމެ ފަހުން ހިންގީ މޫކައި ސުއިޓްސްގަ އެވެ.
"އެލައިޑް ވެސް އަންނަ މަހުގެ ފަހުކޮޅު އެތަނަށް ބަދަލުވާނެ. މިހާރު އެތަނަށް ބަދަލުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދަނީ،" އަމީލް ވިދާޅުވި އެވެ.
އުމަރު ޝޮޕިން އާކޭޑް ބިލްޑިން ތަޅާލުމަށް ފަހު އެތަނުގައި ނުވަ ބުރީގެ އިމާރާތެއް ހެދީ އެލައިޑާއި އެސްޓީއޯ ގުޅިގެންނެވެ. އެލައިޑަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެވެ.
ހިޔާ ފްލެޓްތަކަށް އަޔާދީ އިން އިންޝުއަރެންސް ޕްލޭނެއް!
ހަފުތާއަކަށް އެލައިޑް ބަންދު، ހިދުމަތްދޭނީ އޮންލައިކޮށް
އެލައިޑުން ހެލްތު ކެއާ ކޮންގްރެސް ހޯސްޓް ކުރަނީ
އެސްޓީއޯގެ އާ އިމާރާތުގެ ޓެރަހުގައި ކެފޭއެއް ހަދަނީ
ޕަބްލިކް ލައިބިލިޓީ ކަވަރޭޖް އެލައިޑުން
ޕެންޝަން ބޯޑުން ގާނޫނާ ހިލާފަށް އަމަލެއްނުކުރޭ: އިނާޒް
އެލައިޑުން ކޮންޓްރެކްޓަރުންނަށް ހާއްސަ ކަވަރޭޖް ޕްލޭނެއް
ޕެންޝަން އޮފީހުގެ ސީއެފްއޯ އިސްތިއުފާ ދެއްވައިފި
އެލައިޑް އިންޝުއަރެންސަށް 40، ބައިސިކަލް ރޭހެއް
ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާދީފި