Roadha Mihaaru
ހިޔާ ފްލެޓްތަކަށް އަޔާދީ އިން އިންޝުއަރެންސް ޕްލޭނެއް!

ހިޔާ ފްލެޓްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރެންސް ޕްލޭނެއް އަޔާދީ އިން ތައާރަފްކޮށްފި

22 ސެޕްޓެމްބަރ 2021

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންނަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ހާއްސަކޮށްގެން އާ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންނަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ހާއްސަކޮށްގެން އާ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

އެލައިޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލައިޑް ޖެނެރަލް މެނޭޖައު ފިރުޝާން ވިދާޅުވީ އަޔާދީން މި ޕްލޭން ތައްޔާރުކޮށްފައި ވަނީ ހެޔޮ އަގެއްގައި ފަސޭހައިން ހޯދޭ ރައްކާތެރިކަމެއް އެކުލަވާލުމުގެ ނިޔަތުގައި ކަމަށެވެ. މި އިސްލާމިކް އިންޝުއަރެންސް ޕްލޭންގެ ދަށުން ދައްކަން ޖެހޭނީ އަހަރަކަށް އެންމެ 200ރ. އެވެ.

"އަހަރެންގެ ހިޔާ"ގެ ބޭސިކް ޕްލޭނުން އެކަނި ވެސް 150،000ރ. އައި ހަމައަށް ރައްކާތެރިކަން ޔަގީންކުރެވެ އެވެ. ބޮޑު ހަރަދުކޮށްގެން ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ފަހު ފްލެޓަށް ވަންނަ އިރު، ކުރިމަތިވެދާނެ މާލީ ގެއްލުމަކުން ރައްކާތެރިވުމަށް މިފަދަ ރައްކާތެރިކަމެއް އޮތުން މުހިންމުކަމުގައި ފިރުޝާން ވިދާޅުވި އެވެ.

އަޔާދީގެ އެސިސްޓެންޓް މެނޭޖަރު ފަރީދާ ސިއްތި ވިދާޅުވީ، މިއީ ކަސްޓަމަރުންގެ ޖީބަށް ލުއި އަދި ޕްލޭން ނެގުމުގައި ވެސް ފަސޭހަތައް ހިމެނޭ ޕްލޭނެއް ކަމަށެވެ. ފަރީދާ ވިދާޅުވީ މި ޕްލޭންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކްލަބްހައުސް ސެޝަންއެއް މިރޭ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަހަރެންގެ ހިޔާ"ގެ ނަމުގައި ތައާރަފުކުރި އިސްލާމިކް އިންޝުއަރެންސް ޕެކޭޖުގައި ތިން ބާވަތެއްގެ ޕްލޭނެއް ހިމެނެ އެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި ވައްކަން އަދި ގުދުރަތީ ކާރިސާތަކުން ގޭތެރޭގެ ތަކެއްޗަށް ލިބޭ ގެއްލުމުގެ އިތުރުން އެހެނިހެން ހާލަތްތަކަށް ވެސް "އަހަރެންގެ ހިޔާ"ގެ ޕްލޭންތަކުން ރައްކާތެރިކަން ހޯދޭނެ އެވެ.