Roadha Mihaaru
ފުވައްމުލަކު މަގުތަކުގެ ބޮޑުބައި ނިމިއްޖެ

ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

27 އެޕްރީލް 2022

ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް އެމްޓީސީސީ އިން މިއަދު ބުުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް އެމްޓީސީސީ އިން މިއަދު ބުުނެފި އެވެ.

އެ ކުންފުނިން ބުނީ މަޝްރޫއަށް ބޭނުންވާ އެސްފޯލްޓް ޕްލާންޓް މި މަހުގެ 27 ވަނަ ދުވަހު ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށެވެ.

ފުވައްމުލަކު މަގުތައް ހެދުމަށް ބޭނުންވާ އެސްފޯލްޓް އެ ރަށަށް ބާލަނީ.-- ފޮޓޯ: އެމްޓީސީސީ

ފުވައްމުލަކު މަގުތައް ހެދުމަށް ބޭނުންވާ އެސްފޯލްޓް އެ ރަށަށް ބާލަނީ.-- ފޮޓޯ: އެމްޓީސީސީ

މަގުހެދުމުގެ މި މަޝްރޫއުގެ ދަށުން 122 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95 އަކަ މީޓަރުގެ ތާރު އެޅުމުގެ އިތުރުން 27 އަކަ މީޓަރުގެ ފުޓްޕާތު ހެދުން ހިމެނެ އެވެ.

މީގެ އިތުރުން ފުވައްމުލަކު މަގުތަކުގައި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ އިތުރުން 19 މީޓަރުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އެމްޓީސީސީ

ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އެމްޓީސީސީ

ފުވައްމުލަކު އެތެރޭގެ މަގުހެދުމުގެ މި މަޝްރޫއަކީ 331 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.