Roadha Mihaaru
މޫލީ މެދުވެރިކޮށް އީދަށް ހާއްސަ އޮފާއެއް

މޫލީ މެދުވެރިކޮށް އީދަށް ހާއްސަ އޮފާއެއް

28 އެޕްރީލް 2022

އުރީދޫގެ އީކޮމާސް ޕްލްޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭ އޮފާއެއް އެ ކުންފުނިން ފަށައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

އުރީދޫގެ އީކޮމާސް ޕްލްޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭ އޮފާއެއް އެ ކުންފުނިން ފަށައިފި އެވެ.

"އީދު ހަދިޔާ"ގެ ނަމުގައި ފެށި މި އޮފާއާ އެކު މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރަހްމަތްތެރިންނަށް އީދު ހަދިޔާ ފޮނުވައިލެވޭނެ އެވެ. ހަދިޔާތަކުގެ ތެރޭގައި ''ފައިވް ޕީސް ބްރައުނީޒް ބޮކްސް'', ''10 ޕީސް ބްރައުނީޒް ބޮކްސް'' ހިމެނެ އެވެ.

މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނީ އުރީދޫގެ އެޕް މެދުވެރިކޮށް މޫލީ އަށް ވަދެގެންނެވެ. އީދު ހަދިޔާ އަށް އޯޑަރުކުރާތާ ދެ ދުވަސް ތެރޭގައި އެ ހަދިޔާ ލިބެންޖެހޭ ފަރާތަކަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.

މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނީ އުރީދޫގެ އެޕް މެދުވެރިކޮށް މޫލީއަށް ވަދެގެންނެވެ. އީދު ހަދިޔާ އަށް އޯޑަރުކުރާތާ ދެ ދުވަސް ތެރޭގައި އެ ހަދިޔާ ލިބެންޖެހޭ ފަރާތަކަށް ފޯރުކޮށްދޭނެކަމަށް އުރީދޫން ބުންޏެވެ.

އީދު ހަދިޔާ ފޮނުއްވުމަށް:

އުރީދޫ އެޕް މެދުވެރިކޮށް ޝޮޕަށް ޒިޔާރަތް ކުރައްވާ  http://ore.do/app

ކެޓެގަރީއިން އީދު ހަދިޔާ ހިޔާރު ކުރައްވާ

ބޭނުންވާ ހަދިޔާ ހިޔާރު ކުރެއްވުމަށްފަހު ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ

ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް, ޑެލިވަރީ އެޑްރެސްގައި ޖައްސަވާ

އޯޑަރު ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފާމް ކުރައްވާ

އޮގަސްޓު, 07, 2019 ގައި ތައާރަފުކުރި އުރީދޫގެ މޫލީއަކީ މުޅި ރާއްޖެ އަށް ޑެލިވަރީކޮށްދޭ ޕްލެޓްފޯމެކެވެ. ގޭގައި ތިބެގެން ވިޔަފާރިކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ މީހަކަށް ލިބޭއިިރު ވިޔަފާރިވެރިންނަށް އެ މީހުން ވިއްކާ މުދާ މޫލީ މެދުވެރިކޮށް ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ.