Roadha Mihaaru
އުރީދޫގެ ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ

އުރީދޫގެ ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ ދެނީ

25 ޖޫން 2017

މި ފިތުރު އީދުގެ ހަދިޔާއެއްގެ ގޮތުގައި، އުރީދޫގެ ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ ދޭގޮތަށް ނިންމައިފި އެވެ.

މި ފިތުރު އީދުގެ ހަދިޔާއެއްގެ ގޮތުގައި، އުރީދޫގެ ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ ދޭގޮތަށް ނިންމައިފި އެވެ.

އުރީދޫން ބުނީ އެޕް މެދުވެރިކޮށް އުރީދޫ ޑޭޓާ ޕެކްއެއް ނެގުމުން، 25 ޕަސެންޓް ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

އުރީދޫން ބުނިގޮތުގައި، އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ބޯނަސް ޑޭޓާގެ ޑިސްކައުންޓުގެ ފުރުސަތު ކުރިއަށް ގެންދާނީ މިއަދު ފާހަގަކުރާ ފިތުރު އީދު ދުވަހުން ފެށިގެން އަންނަ އަންގާރަދުވަހުގެ ނިޔަލަށް ކަމަށެވެ.

"އުރީދޫ މޯލްޑިވްސްގެ ފަރާތުން އަޅުގަނޑުމެންގެ އެންމެހައި ކަސްޓަމަރުންނަށާއި ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާ އެކީގައި އީދުގެ އުފާ ހިއްސާ ކުރުމުގައި އުރީދޫގެ މި އީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން" އުރީދޫގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ.

އުރީދޫން ބުނިގޮތުގައި ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ތައާރަފުކޮށްފައިވާ ގިނަ ޑޭޓާ ޕެކްތަކެއް އުރީދޫގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން 550 އެމްބީން ފެށިގެން 200 ޖީބީ އާ ހަމައަށް ލިބޭ މި ޑޭޓާ ޕެކްތަށް އުރީދޫގެ އެޕް މެދުވެރިކޮށް، ކޮންމެ ތަނަކުން އަދި ކޮންމެ ވަގުތެއްގައި ވެސް ނެގޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރު، އެޕަލްގެ އެޕް ސްޓޯރު ނުވަތަ ore.do/app އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.