Roadha Mihaaru
އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ރެކޯޑް ސާޕްލަސްއެއް

އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ރެކޯޑް ސާޕްލަސްއެއް

30 އެޕްރީލް 2022

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ, އަޔާދީ ތަކާފުލް އިން 2019 ވަނަ އަހަރުގެ ސާޕްލަސްގެ ގޮތުގައި ރެކޯޑް އަދަދެއް ބަހަން ނިންމައި ސަޕްލަސް އަށް ޝަރުތު ހަމަވާ ކަސްޓަމަރުން އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ, އަޔާދީ ތަކާފުލް އިން 2019 ވަނަ އަހަރުގެ ސާޕްލަސްގެ ގޮތުގައި ރެކޯޑް އަދަދެއް ބަހަން ނިންމައި ސަޕްލަސް އަށް ޝަރުތު ހަމަވާ ކަސްޓަމަރުން އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިފަހަރު ވަނީ ސަޕްލަސްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ބަހަން ނިންމައިފަ އެވެ.

އަޔާތީ ތަކާފުލްގެ 2019 ވަނަ އަހަރުގެ ސާޕްލަސް ބަހަން އެލައިޑް އިންޝުއަރަންސްގެ ބޯޑުން ނިންމައި އެކަން އިއުލާނުކުރީ ބުރާސްފަތި ދުވަހު އެވެ. ސާޕްލަސްއަށް ޝަރުތު ހަމަވާ 2,389 ބައިވެރިންނަށް ސާޕްލަސް ބަހަން ނިންމާފައި ވާއިރު ހޯމް، ކޮންޓްރެކްޓާސް އޯލް ރިސްކު، ފަޔަ، މޮޓޯ، ހަލް، ޓްރެވަލް، ހައްޖާއި އުމްރާ ތަކާފުލް އަދި ކާގޯ ތަކާފުލް 2019 ގައި ނަގާފައިވާ މީހުންގެ މެދުގައިކަމަށް އަޔާދީ ތަކާފުލްއިން ބުންޏެވެ.

ސާޕްލަސް ފައިސާ ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުން ކުންފުންޏަށް ވެރިފައިކޮށްދީފައިވާ އެ ފަރާތެއްގެ ބޭންކު އެކައުންޓަށެވެ.

އަޔާދީ ތަކާފުލްއިން ބުނީ އެލައިޑް މޮބައިލް އެޕްލިކޭޝަނާއި ވެބް ޕޯޓަލް މައިއެލައިޑްގެ އަޔާދީއަށް ހާއްސަ ކުރެވިފައިވާ ބައިން އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރެވޭނެ ކަމަށެވެ. އަދި ސާޕްލަސް ލިބޭ ކަސްޓަމަރެއްކަން ޔަގީން ކުރުމަށް ކަސްޓަމާ ފްރަންޓު އޮފީސް ހ.އޯކިޑަށް ގޮސްގެންނާއި ކަސްޓަމާ ކެއާ ނަންބަރު 1600 އަށް ގުޅައިގެން މައުލޫމާތު ހޯދޭނެ އެވެ. މީގެ އިތުރުން އޮންލައިންކޮން "އޭޖެންޓް 1600" މެދުވެރިކޮށް ވައިބާ އަދި މެސެންޖާއިން އައިޑީ ކާޑު ނަންބަރާއި އުފަން ތާރީހު ޖަހައިގެން ވެސް މި މައުލޫމާތު ހޯދޭނެ އެވެ.

އަންނަ ޖޫން މަހުގެ 26 ގެ ހަވީރު 4:00 ގެ ކުރިން ސާޕްލަސްއަށް އެދި ފޯމް ހުށައަޅަންޖެހޭނެ އެވެ.

ސަޕްލަސް ބެހުމަކީ ކޮބާ؟

ސަޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް ގާއިމްކުރާ "ބައިވެރިންގެ ފަންޑު"ން ސީދާ ތަކާފުލްއާ ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް) އުނިކުރުމަށް ފަހު ބާކީ ފައިސާ ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. ނުވަތަ އެ ފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭ ވެސް ކިޔަ އެވެ.

އަޔާދީ ތަކާފުލްގެ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާކޮށްފައިވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއްކަމުގައިވާ "ވަކާލާ" ގެ މައްޗަށެވެ. އެ މޮޑެލްގައި ކޮންޓްރިބިއުޓަރުން ތަކާފުލް ޕްލޭންގައި ބައިވެރިވާން ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ފީގެގޮތުގައި ނަގާ އުނިކުރުމަށް ފަހު ބާކީ އޮންނަ އަދަދު ކޮންޓްރިބިއުޓަރުންނަށް ހާއްސަ ފަންޑެއްގައި "ބައިވެރިންގެ ފަންޑު" ގައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ.

ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލް އަށް ދައްކާ ފީ ބަލަހައްޓާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަ" ފަންޑުގަ އެވެ. އެ "ތަކާފުލް އޮޕަރޭޓަ" ގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ހިދުމަތްދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.