Roadha Mihaaru

އަޔާދީ ތަކާފުލްގެ "ހޯމް ކޮންޓެންޓް ޕްލޭންސް" ހާއްސަ ޕްރޮމޯޝަނެއް

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ދަށުން ދޫކުރާ "ހޯމް ކޮންޓެންޓް ޕްލޭން" އާ ގުޅޭ ކްލަޔަންޓުންގެ މެދުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭންސް ޕްރޮމޯޝަނެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

29 އޮކްޓޯބަރ 2023

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ދަށުން ދޫކުރާ "ހޯމް ކޮންޓެންޓް ޕްލޭން" އާ ގުޅޭ ކްލަޔަންޓުންގެ މެދުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ، މި ޕްރޮމޯޝަން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން އެ ޕްލޭންގެ މެއިން ތިން ޕެކޭޖު ނަގާ ކްލަޔަންޓުންނަށް ބައިވެރިވެވޭނެ އެވެ.

ހޯމް ކޮންޓެންޓް ތަކާފުލް

- ހޯމް ކޮންޓެންޓް ތަކާފުލް

- އަހަރެންގެ ހިޔާ

- ހިޔާވަހި

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޕްރޮމޯޝަން

އެލައިޑުގެ ހޯމް ކޮންޓެންޓް ތަކާފުލް އަކީ، ގޭތެރޭގެ ދިމާވާ ހާދިސާއަކާ ގުޅިގެން ގޭތެރޭ ސާމާނު ހަލާކުވުމުން ކަވަރޭޖު ލިބޭ ޕްލޭނެކެވެ.

އެލައިންޑުން ބުނީ މިއީ ފަސޭހަކާ އެކު ކުޑަ އަގެއްގައި ނެގޭ ޕްލޭންތަކެއް ކަމަށެވެ. މި ޕްލޭންތައް އޮންލައިންކޮށް ވެސް ނެގޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޖެހޭނީ ޕްލޭޖު ނެގުމަށް ފަހު އެލައިޑް ޕްރޮމޯޝަން ޕޯސްޓް ސޯޝަލް މީޑިއާގައި ޝެއާކުރާށެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް 50 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެ އެވެ.