Roadha Mihaaru
އަޔާދީ ތަކާފުލްއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ

ތަކާފުލް ވިންޑޯ/ޔުނިޓް އޮފް ދަ އިޔާ ގޯލްޑް އެވޯޑް އަޔާދީ ތަކާފުލްއަށް

31 އޮކްޓޯބަރ 2023

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލްއަށް ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލްއަށް ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި އިފްސާއޭ އެވޯޑް ހަފްލާގައި އަޔާދީ ތަކާފުލް އިން ވަނީ "ތަކާފުލް ވިންޑޯ" ނުވަތަ "ޔުނިޓް އޮފް ދަ އިޔާ" ކެޓަގަރީ އިން ގޯލްޑް އެވޯޑް ހާސިލުކޮށްފަ އެވެ.

މިއީ އަޔާދީ ތަކާފުލް އިން މި އެވޯޑް ވިދިވިދިގެން ހާސިލުކުރި ފަސް ވަނަ ފަހަރެވެ.

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތް ދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިވި އީޖާދީ ވިސްނުން ތައާރަފު ކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.

އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލް އިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑް ހާސިލުކޮށްފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އާއި 2021 ވަނަ އަހަރު "އަހަރެންގެ ހިޔާ" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" ސިލްވާ އެވޯޑު ހިމެނެ އެވެ. އަދި 2018 ވަނަ އަހަރާއި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އިތުރުން މިދިޔަ އަހަރު ވެސް "ތަކާފުލް ވިންޑޯ" ނުވަތަ "ޔުނިޓް އޮފް ދަ އިޔާ" އިން ލިބިފައިވާ ގޯލްޑް އެވޯޑް ހިމެނެ އެވެ.