މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ އުޖޫރަ ކަނޑައަޅައި، އުޖޫރައިގެ ތަފާތުތައް ނައްތާލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
01 މެއި 2022
މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ އުޖޫރަ ކަނޑައަޅައި، އުޖޫރައިގެ ތަފާތުތައް ނައްތާލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރަން ވެވަޑައިގަތް ވައުދު ފުއްދަވައި އެމަނިކުފާނު މިއަދު ވަނީ އެކަން އިއުލާންކުރައްވައިފަ އެވެ. އެ ވީޑިއޯ މެސެޖުގައި ރައީސް ވަނީ އެހެން ދާއިރާތަކުގެ މުސާރައާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ބޭނުންފުޅު ވަނީ ވަކި ދާއިރާއެއްގެ މުސާރަ ބޮޑުކޮށް، އެ ދާއިރާއެއް ކުރިއަރުވަން ނޫން ކަމަށެވެ. ޓީޗަރުންގެ މުސާރައަށް ބަދަލު ގެނައި އިރު ބުރަ މަސައްކަތްތަކެއް ކޮވިޑުން އަރައިގަތުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވާ ހިދުމަތްތެރިންގެ މަތިން ވެސް ހަނދުމަފުޅު ނުނެތޭ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ގައުމުގެ ތަރައްގީގައި ހިއްސާވާ ތަފާތު ދާއިރާތަކުގެ ފަންނުވެރިން ކުރާ މަސައްކަތާއި އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެކެވެ.
''މި މުހިންމު ފެށުން ތައުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ،'' ކަމަށް ރައީސް ވިދާޅުވި އެވެ.
Livestream: President announces new salary structure for the education sector https://t.co/MAgIdAIaT5
— The President's Office (@presidencymv) May 1, 2022
މިއީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް ކަމަށާއި ތައުލީމީ ދާއިރާއިން ފެށިގެން ސިއްހީ ދާއިރާ އާއި އެ ނޫން ދާއިރާތަކުން ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ރެ އާއި ދުވާލު އަވަދިނެތި އުޅޭ ހިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަންނަނީ ދިރާސާކުރަމުންނެވެ.
''މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ވެސް އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. އިޖުތިމާއީ އަދާލަތު ހިފެހެއްޓުމަށްޓަކައިވެސް ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް.'' ރައީސް
ރައީސް ވިދާޅުވީ ދައުލަތުގެ ޒިންމާތަކާ ހަވާލުވެ ތިބެ ކުރާ މަސައްކަތަށް އެކަށީގެންވާ ވަރުގެ އާމްދަނީއެއް ހޯދައި ދިނުމަކީ ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ގާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި ޓީޗަރުންގެ މުސާރައަށް މިއަދު ގެނައި ބަދަލަކީ ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ސުލްހަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިގްތިސާދީ ފޯރުންތެރިކަމުގެ ލާބަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިވަގުތު މުހިންމީ މިނިމަމް ވޭޖެއް ކަނޑައެޅުން: ރައީސް
ދިވެހި ޓީޗަރުން: ބުރަ މަސައްކަތަށް ބޮޑު ލުޔެއް!
މުސާރައާ ގުޅޭ ޝަކުވާތަކަށް ހައްލުތަކެއް ގެނެސްދީފި
މަސައްކަތްތެރިންގެ ހައްގުތަކަށް ރައީސް އެދިވަޑައިގެންފި
ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތި ފަސްކޮށްފި
މި މުސާރައަކީ ހެޔޮ ބަދަލެއްކަމަށް އުއްމީދުކުރަން:ރައީސް
މަސައްކަތްތެރިންގެ ހައްގު މިންވަރު ކަށަވަރު ކުރަންޖެހޭ
ޓީޗަރުންގެ ބޮޑު މުސާރަ މާދަމާ ރައީސް އިއުލާންކުރައްވަނީ
ތައުލީމީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުކުރަނީ
ވަގުތީ ޓީޗަރުން އިތުރުވާތީ ރައީސްގެ ކަންބޮޑުވުން