Roadha Mihaaru
''މެންގޯ''ގެ އާ ފިހާރައެއް މިރޭ ހުޅުވައިފި

05 މެއި 2022

ދުނިޔޭގެ މަގުބޫލު ބްރޭންޑެއް ކަމަށްވާ ''މެންގޯ''ގެ އާ ހެދުން ފިހާރައެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ދުނިޔޭގެ މަގުބޫލު ބްރޭންޑެއް ކަމަށްވާ ''މެންގޯ''ގެ އާ ހެދުން ފިހާރައެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

މަޖީދީ މަގުގައި މިހާރު ހުރި ފިހާރައިގެ އިތުރުން އާ ފިހާރައެއް ހާއްސަކުރީ ފިރިހެނުންނާއި ކުޑަކުދިންނަށެވެ. ސޮނީ ސްޕޯޓްސް އިން އެ ފިހާރަ ވެސް ހުޅުވީ މަޖީދީ މަގުގަ އެވެ.

މިރޭ ހުޅުވި ''މެންގޯ'' ގެ އާ ފިހާރަ. އެ ތަނުން ދެ ޖިންސުގެ ކުޑަކުދިންގެ ހެދުން ލިބޭނެ. ފޮޓޯ: ސޮނީ ސްޕޯޓްސް

ކުރީގެ ފިހާރަ ކައިރީގައި މަޖީދީ މަގުގެ އަނެއް ފަރާތުގައި ހުޅުވި އެ ފިހާރަ އިން އެންމެ ފަހުގެ ހެދުންތަކާއި އެކްސެސަރީތައް ލިބޭނެ އެވެ. ފިރިހެނުންގެ ހެދުމުގެ އިތުރުން ނިއު ބޯން އިން ފެށިގެން 14 އަހަރާ ދެމެދުގެ ކުދިންގެ ހެދުން ހުންނާނެ އެވެ.

މިރޭ ހުޅުވި ''މެންގޯ'' ގެ އާ ފިހާރަ. ފޮޓޯ: ސޮނީ ސްޕޯޓްސް

ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10:00-12:00 އަށެވެ. މެންދުރުފަހު 14:00-18:00 އަދި ރޭގަނޑު 20:00-22:00 ދެމެދުގައި ވެސް ހުޅުވާނެ އެވެ.

މިރޭ ހުޅުވި މެންގޯ'' ގެ އާ ފިހާރަ. އެ ފިހާރައިން މެންގޯ ކަލެކްޝަންގެ އެންމެ ފަހުގެ ހެދުންތަކާއި އެކްސެސަރީތައް ވެސް ލިބޭނެ. ފޮޓޯ: ސޮނީ ސްޕޯޓްސް

މެންގޯއަކީ މީގެ 38 އަހަރު ކުރިން 1984 ގައި އުފެދުނު، ސްޕެއިންގެ އަންނައުނު ބްރޭންޑެކެވެ. އެ ބްރޭންޑްގެ ފިހާރަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިހުރެ އެވެ.