Roadha Mihaaru
130 މީހުންނާ އެކު ދަތުރުކުރި ބޯޓެއް ފެލިވަރު ފަރަށް

އީދު ބަންދަށް ފަހު 130 މީހުން ގޮވައިގެން މާލެ ދަތުރުކުރި ބޯޓެއް ފަރަކަށް އަރައިފި

06 މެއި 2022

ފިތުރު އީދު ބަންދަށް ރަށްރަށަށް ދިޔަ ގިނަ ބަޔަކު ގޮވައިގެން ށ. ފޯކައިދޫން މާލެ އަށް ދަތުރުކުރި ބޯޓެއް ޅ. ފެލިވަރު ކައިރީގައި އޮންނަ ފަރަކަށް އަރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފިތުރު އީދު ބަންދަށް ރަށްރަށަށް ދިޔަ ގިނަ ބަޔަކު ގޮވައިގެން ށ. ފޯކައިދޫން މާލެ އަށް ދަތުރުކުރި ބޯޓެއް ޅ. ފެލިވަރު ކައިރީގައި އޮންނަ ފަރަކަށް އަރައިފި އެވެ.

ފުލުހުން މިރޭ ބުނީ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެ ބޯޓުން 130 މީހުން ދަތުރުކުރި ކަމަށެވެ. އެ ބޯޓު ފަރަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ މިރޭ 8:30 ހާއިރު ކަމަށް ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން މިހާރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓް ފަރަށް އެރީ ފެލިވަރު ކައިރީގައި އޮންނަ ގާއެރިފަރަށް ކަމަށެވެ.

"ފުރާގު 2" ފަރަށް އެރި ސަރަހައްދުގެ މެޕުން: އެ ބޯޓް ފަރަށް އެރީ ޅ. ފެލިވަރު ކައިރީގައި އޮންނަ ފަރަކަށް.

"ފުރާގު 2" ފަރަށް އެރި ސަރަހައްދުގެ މެޕުން: އެ ބޯޓް ފަރަށް އެރީ ޅ. ފެލިވަރު ކައިރީގައި އޮންނަ ފަރަކަށް.

ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް "މިހާރު" އަށް ވިދާޅުވީ ފަރަށް އަރާފައި ވަނީ އެ ރަށު "ފުރާގު 2" ބޯޓު ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެ ބޯޓުގައި އެ އަތޮޅު އެހެން ރަށްރަށުން މާލެ އަންނަ މީހުން ވެސް ތިއްބެވެ.

"އީދު ޗުއްޓީ ނިންމާލައިފައި ވަރަށް ގިނަ މީހުން ގޮވައިގެން އެ ބޯޓު ފުރީ މިއަދު މެންދުރު ފަހު،" އޭނާ ވިދާޅުވި އެވެ.

"މިއަދު ބޯޓު ފުރި އިރުގައި މޫސުން ރަނގަޅު. ބޯޓު ފަރަށް އެރި ސަބަބެއް އަދި ނޭނގޭ."

ފުލުހުންގެ އެހީގައި އެ ބޯޓުގައި ތިބި މީހުން ފެލިވަރަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އީދު ބަންދަށް ފަހު، ރަށްރަށަށް ދިޔަ ގިނަ ބަޔަކު މިއަދު ވަނީ އެނބުރި މާލެ އަންނަން ފަށައިފަ އެވެ.

މޫސުމާބެހޭ އިދާރާ މެޓުން ލަފާކޮށްފައިވާ ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ، ކަނޑު ވެސް ގަދަވާނެ އެވެ.