މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ސިފައިންގެ ކޮޅުވެއްޓި ބަންޑުން ޖަހާލީ، ދިޔަވެ، ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
30 ޖޫން 2025
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ސިފައިންގެ ކޮޅުވެއްޓި ބަންޑުން ޖަހާލީ، ދިޔަވެ، ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެ ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން އެމްއެންޑީއެފުން ނޫސްވެރިޔާ އަލީ ސުލައިމާނަށް ދިން މައުލޫމާތުގައިވާ ގޮތުގައި، އެ ކޮޅުވެއްޓި ކާށިދޫ ކަނޑަށް ބަންޑުން ޖަހާލީ ޅ. އަތޮޅާއި ފަސް ވަރަކަށް މޭލު ކައިވެރިވެފައި ވަނިކޮށް ދިޔަވާން ފަށައި، ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެ އުޅަނދުގެ ކެޕްޓަން ބުނެފައިވެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ކޮޅުވެއްޓި ދިޔަވި ވަގުތު ކުއްލިއަކަށް ބަންޑުން ޖަހާލި ކަމަށް މިހާރު ލިބިފައިވާ މައުލޫމާތުން އެނގެ އެވެ. އަދި އެ އުޅަނދު ބަންޑުން ޖަހާލީ ޅ. އަތޮޅާއި އެއް މޭލު ދުރުން 550 މީޓަރު އަޑިއަކަށް ވަނީ ކަށަވުކުރެވިފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް ކަނޑައަޅާފައިވާ ބޯޑުން މި ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ހިނގި އެ ހާދިސާގައި ސިފައިންގެ މީހަކު މަރުވެ، އެ އުޅަނދުގެ ފަޅުވެރިޔަކަށް އުޅުނު ބިދޭސީ މީހަކު ވަނީ ގެއްލިފަ އެވެ. އެ ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. ތ. ހިރިލަންދޫ، ހާމިދަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ.
އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓިއަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން ކަމަށާއި އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތާއި މޫސުމަށް ބަލައިގެން ކެޕްޓަން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އެހެންވެ، އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލި ވަގުތު ކެޕްޓަނާއި ވޮރަންޓް އޮފިސަރު ހާމިދު ހުރީ އޭގެ ވީލްހައުސް ނުވަތަ ކޮޅުވެއްޓީގެ ގެގަނޑުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިހާރު ގެއްލިގެން ހޯދަމުން އަންނަ ބަނގުލަދޭޝް މީހާ އޭރު ހުރީ ކޮޅުވެއްޓީގެ އިންޖީނު ރޫމުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ވޮރަންޓް އޮފިސަރު 2 ހާމިދުގެ ހަށިގަނޑު ނެގީ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮއްވައި އޭގެ ވީލްހައުސްގެ ތެރެއިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް އަންނަނީ ކުރަމުންނެވެ.
ކާށިދޫ ކަނޑަށް ވެއްޓުނު މީހާ ކާށިދު އަށް އަރައިފި
ލޯންޗު ޖެހުނީ ނަސްރުﷲ އިން ޑިންގީގެ ފަހަތުގައި
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް
ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ
ލޭންޑިން ކްރާފްޓުން ނިޔާވީ ސިފައިންގެ މީހެއް
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
ބޯޓުން ގެއްލުނުމީހާ ހޯދުން މެދުކަނޑާލައިފި
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ
ގެއްލުނު ދޯނި ޑްރޯންގެ އެހީގައި ހޯދައިފި
މަހަށް ނުކުމެ އުޅުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ