Roadha Mihaaru

ހަ ކުދިންނާ ބެހުމުގެ ތުހުމަތުވާ މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް

ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

ކުދިންނާ ބެހުމުގެ ތުހުމަތުވާ މީހާގެ މައްސަލަ ހައިކޯޓަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

10 މެއި 2022

ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

އެއް އާއިލާގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މާލެ ސަރަހައްދުން މިދިޔަ މަހު ހައްޔަރުކުރި 55 އަހަރުގެ ފިރިހެން މީހާ ކްރިމިނަލް ކޯޓުން އިއްޔެ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ. އެ މީހާއަކީ އަނިޔާލިބުނު ކުދިންނާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރަން މާދަމާ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އެ މީހާ ބަންދުން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުން ފަދަ ކަންކަމަށް ޝަރުތުކޮށްފަ އެވެ.

އަނިޔާލިބުނު ކުއްޖާގެ އާއިލާއިން ބުނާގޮތުން އެ މީހާ ދޫކޮށްލީ ގިނަ ހެކިތަކެއް ފުލުހުން ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އަނިޔާލިބުނު ކުދިންނަށް 2017 ވަނަ އަހަރާ ހަމައަށް ޖިންސީ ގޯނާކުރި ކަމަށް އާއިލާއިން ބުނެ އެވެ. އަދި ތަހުގީގުގައި އެ ކުދިން ބަޔާން ދީފައިވާ ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.