ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުލަތުން ކޯޓަށް މުހިންމު ލިޔުމެއް ހުށަނާޅައި އޮތުމުން އެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.
04 ޖެނުއަރީ 2021
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުލަތުން ކޯޓަށް މުހިންމު ލިޔުމެއް ހުށަނާޅައި އޮތުމުން އެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހެއްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ނިންމީ އަނިޔާ ލިބުނު މީހާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ފަދަ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެވެ. އުމުރުން 18 އަހަރު ވެފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފެދޭ މީހުންނަށް ޖިންސީ ގޯނާ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ކަމަށް އެ ގާނޫނު ބަލަ އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ 18 އަހަރު ފުރިފައިވާ އެކަމަކު ބުއްދީގެ ތަސައްރަފު ނުފުދޭ މީހުންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އެކަން ސާބިތުކޮށް ދެވޭނެ ފަދަ ސަރުކާރުގެ ލިޔުމެއް ނުވަތަ ސަރުކާރުން ގަބޫލުކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި އަނިޔާލިބުނު މީހާއަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓެއް ހުށަހެޅިޔަސް، އެ ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވުމުން އެ މީހަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއް ކަން ސާބިތުވާ ފަދަ ލިޔުމެއް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަށް ރިއާޔަތް ކުރާއިރު އެ މައްސަލާގައި ހުށަހަޅާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ހައި ކޯޓުން ކުރިން އެގޮތަށް ކަނޑައެޅި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތަސް، އެއީ އެ ނިންމުމަށް ދައުލަތުން އަމަލު ނުކުރަން ދެއްކޭނެ ހުއްޖަތެއް ނޫނެވެ. އެހެންވެ، ކްރިމިނަލް ކޯޓުން އެ މައްސަލަަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމި ނިންމުމަށް ތާއީދުކުރީ ކަމަށް އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުުކުމުގައިވެ އެވވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި އިސް ފަނޑިޔާރު ހާތިފް ހިިލްމީގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކުދިންނާ ބެހުމުގެ ތުހުމަތުވާ މީހާގެ މައްސަލަ ހައިކޯޓަށް
ޚާއްސައެހީ ބޭނުންވާ ކުއްޖަކާ ބެހުނު މީހަކު ސަލާމަތްނުވި
ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއް އަލުން ބަލަނީ
މުދިމު ޖިންސީ ގޯނާކުރި މައްސަލަ އަނބުރާ ނަގައިފި
ޖިންސީ ގޯނާގެ މައްސަލަތައް މާޗްގެ ނިޔަލަށް ނިންމަނީ
ޖިންސީ ގޯނާގެ މައްސަލާގައި އިދާރާތައް ހާޒިރުކުރަނީ
ކުދިންތަކެއް ގްރޫމުކުރި ޓީޗަރު ބަންދުކުރަން އަންގައިފި
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް
އާއިލާގެ ކުއްޖަކާ ބެހުނު މީހަކު 20 އަހަރަށް ޖަލަށް