އެމްއައި ކޮލެޖުން އައްޑޫގައި އެގްރިކަލްޗަރަލް ސްކޫލެއް ހުޅުވައިފި އެވެ.
11 މެއި 2022
އެމްއައި ކޮލެޖުން އައްޑޫގައި އެގްރިކަލްޗަރަލް ސްކޫލެއް ހުޅުވައިފި އެވެ.
ހިތަދޫގައި ހުންނަ އެމްއައި ކޮލެޖުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސްކޫލު ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގާއި އެމްއައި ކޮލެޖުގެ ޗެއާމަން އަހްމަދު މޮއްތަކީ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޮއްތަކީ ވިދާޅުވީ އަލަށް ހުޅުވި އެގްރިކަލްޗަރަލް ސްކޫލަކީ ރާއްޖޭގައި ހުޅުވޭ ދަނޑުވެރިކަމުގެ ފުރަތަމަ ސްކޫލު ކަމަށާއި އެ ސްކޫލުގެ ސަބަބުން އައްޑުއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލްހާދީ ވިދާޅުވީ އެ ސްކޫލުގެ ފަރާތުން ''ސެޓްފިކެޓް ލެވެލް ތްރީ އިން ގާޑަނިން''ގެ ނަމުގައި ކޯހެއް ފަށަން ނިންމާފައިވާ ކަމަށެވެ. ލެވެލް ތިނެއްގެ ކޯހަކުން ފެށި ނަމަވެސް އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ފޯރުކޮށްދިނުން ކަމަށް ލަމްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލެވެލް ތިނެއްގެ ކޯހުގައި ދަނޑު ހެއްދުމާ ގުޅޭ ތަފާތު މައުުލޫމާތުތައް ދޭނެ ކަމަށެވެ. އަދި އެ ބެޗަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި 10 ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އަވަސް ފުރުސަތެއްގައި ދާއިރާއާ ގުޅޭ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ތަޖުރިބާކާރުން މެދުވެރިކޮށް ކުރިއަށްގެންދަން ރާވާފައިވާ ކަމަށް ވެސް ލަމްޔާ ވިދާޅުވި އެވެ.
އެމްއައި ކޮލެޖުން ގަސް ހައްދަން ދަސްކޮށްދޭ ކޯހެއް
ދަނޑުވެރިކަމަށް އައްޑޫން ބިން ދޫކުރަން ހުޅުވާލައިފި
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ގޫގުލް ޕްރޮޖެކްޓަށް ހިތަދޫން ބޮޑު ބިމެއް ކަނޑައަޅައިފި
ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް
ހިތަދޫ މޫލެކެޑެ ނުހިއްކަން އެދި ރައީސަށް ސިޓީއެއް
ހިތަދޫ ސްކޫލަށް ސާނަވީ ކަށަވަރު ކޮށްދެއްވި ޕްރިންސިޕަލް
އަޅުވެތިކަން ނިމި، މިއީ ބޮޑު ކާމިޔާބީއެއް:ހުޅުދޫ/މީދޫ
"އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ހިތްދަތިކަމެއް"