Roadha Mihaaru
ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސަމާލުކަން!

ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސަމާލުކަން!

13 މެއި 2022

ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި ސޯޝަލް މީޑިއާގައި ދައުރުވާ އެ ވީޑިއޯގައި ފެންނަނީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ އައުޓާ ބޭންކްގެ ރަށެއްގެ ހިސާބެއް ކަމަށްވާ ރޮޑެންތީގެ ގެއެއް މޫދަށް ވެއްޓޭ ތަން ކަމަށެވެ. ލަކުޑިން ހަދާފައި ހުރި އެ ގެ ވެއްޓުނީ ރަށް ގިރުމުގެ ސަބަބުން ކަމަށް ބުންޏެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ގެ ވެއްޓުމުގެ ކުރިން ވެސް، ގޭގެ ތިރިން އޮތީ ފަސްގަނޑު ގިރާލައިގެން ގޮސްފަ އެވެ. ގޭގެ ފައުންޑޭޝަނަށް ބޭނުންކޮށްފައި ހުރި ލަކުޑިތަކާ އެކު ކޮޅަށް ހުރި އެ ގެ ވެއްޓެނީ، ޖެހި ރާޅަކާ އެކުގަ އެވެ.

އެ ގޭގައި މީހުން ދިރިއެއް ނޫޅެ އެވެ. އެ ގޭގެ އިތުރުން، އެހެން ގެއެއް ވެސް އެެ ދުވަހު މޫދަށް ދަމައިގެންދިޔަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެ ހިސާބުގެ އިތުރު ގެތަށް ވެސް މޫދަށް ދަމައިގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ފެބްރުއަރީ މަހު ވެސް އެ ހިސާބުގެ ގެއެއް މޫދަށް ދަމައިގެން ގޮސްފައިވެ އެވެ.

މި ދުވަސްވަރު މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވެ އަދި ކަނޑު ވެސް ގަދަވުމުން އެ ރަށުގެ އެކި ހިސާބުތަކަށް ދަނީ އުދައަރަމުންނެވެ.

އައުޓަ ބޭންކް އަކީ ސަމާ ހޮލިޑޭގައި ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.