Roadha Mihaaru
ބީއެމްއެލް "ވައު ކިޑްސް ރަން" ނިންމާލައިފި

ބީއެމްއެލް "ވައު ކިޑްސް ރަން" ނިންމާލައިފި

13 މެއި 2022

ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މި އަހަރުގެ ދުވުން ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މި އަހަރުގެ ދުވުން ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން ބީއެމްއެލް އިން ބޭއްވި މި ދުވުމުގައި ހަތަރު އުމުރު ފުރާއެއްގެ 1،000 ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވި އެވެ. މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގަ އެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ޓީއެފްޖީއާ އެކު މި ދުވުން މި އަހަރު ވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަން ނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވަމުންދާ ހާއްސަ ހަރަކާތެއް،" އޭނާ ވިދާޅުވި އެވެ.

ދުވުން ކުރިއަށް ދިޔަ ހަތަރު ކެޓަގަރީ

- 4 އަހަރާއި 6 އަހަރާ ދެމެދު : 1.3 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާ އެކު)

- 6 އަހަރާއި 8 އަހަރާ ދެމެދު : 2 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާ އެކު)

- 8 އަހަރާއި 10 އަހަރާ ދެމެދު : 3 ކިލޯ މީޓަރު ދިގުމިނަށް ( ބެލެނިވެރިއަކާ އެކު)

- 10 އަހަރާއި 13 އަހަރާ ދެމެދު : 4 ކިލޯ މީޓަރު ދިގުމިނަށް

މި ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކު ވެސް ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ފަސް ވަނަ އަހަރެވެ.