Roadha Mihaaru
ބީއެމްއެލްގެ "ސްޓާ އެވޯޑްސް" 20 މުވައްޒަފަކަށް

ބީއެމްއެލްގެ "ސްޓާ އެވޯޑްސް" 20 މުވައްޒަފަކަށް

17 ޑިސެމްބަރ 2023

ބީއެމްއެލްގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ބޭންކުން ދޭ "އެމްޕްލޯއީ ސްޓާ އެވޯޑްސް" ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބީއެމްއެލްގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ބޭންކުން ދޭ "އެމްޕްލޯއީ ސްޓާ އެވޯޑްސް" ދީފި އެވެ.

ކޮންމެ މަހަކު ވެސް ބީއެމްއެލްއިން ދޭ މި އެވޯޑް މި މަހު 20 މުވަޒަފަކަށް ވަނީ ދީފަ އެވެ.

ބީއެމްއެލްއިން ބުނީ މި އެވޯޑު ދެނީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ މުވައްޒަފުންނަށާއި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުންނަށް ކަމަށެވެ. އަދި ތައުލީމާއި، ކުޅިވަރުގެ އިތުރުން އެކި ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް ވެސް މި އެވޯޑު ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެމްޕްލޯއީ ސްޓާ އެވޯޑު" ދިނުމަށް އެ ބޭންކުގައި މިއަދު އޮތް ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މިއީ ބޭންކުގެ ކަސްޓަމަރުންނާއި، ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަގަކުރުމަށް ދޭ މުހިންމު އެވޯޑެއް ކަމަށެވެ.

މިއީ ގަވައިދުން ދެމުން އަންނަ އެވޯޑެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.

މިއީ އެ ބޭންކުން 2017 ވަނަ އަހަރު ދޭން ފެށި އެވޯޑެކެވެ. މި އެވޯޑްގެ އިތުރުން ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް "ސްޓާފް އެވޯޑްސް" އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް "ލޯންގް ސާވިސް އެވޯޑްސް" ވެސް އަންނަނީ ދެމުންނެވެ.