Roadha Mihaaru
ވައު ކިޑްސް ރަންގައި ދެހާސް ބައިވެރިން ދުވެފި

"ބީއެމްއެލް ވައު ކިޑްސް ރަން" 2،000 ބައިވެރިންނާ އެކު ބާއްވައިފި

27 އެޕްރީލް 2019

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ދެ ހާހަށް ވުރެ ގިނަ ބައިވެރިންނާ އެކު މިއަދު ބާއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ދެ ހާހަށް ވުރެ ގިނަ ބައިވެރިންނާ އެކު މިއަދު ބާއްވައިފި އެވެ.

ހަތަރު އުމުރުފުރާ އަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާ އެކު 2،000 އަށް ވުރެ ގިނަ ދުވުންތެރިން މިއަދު ހެނދުނު ހުޅުމާލޭގައި ވަނީ ދުވެފަ އެވެ. މި ދުވުމުގައި ދެ ކިލޯމިޓަރާއި، ތިން ކިލޯ މީޓަރާއި ހަތަރު ކިލޯ މީޓަރުގެ ކެޓަގަރީ އޮތެވެ.

ބައިވެރިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ދުވުން ނިންމާލުމާ އެކު މެޑަލް ދީފައިވެ އެވެ.

ވައު ކިޑްސް ރަން ހަރަކާތުގެ ތެރެއިން ލިބުނު ފައިސާ އާކް އާއި ހަވާލު ކުރަނީ--ފޮޓޯ:ބީއެމްއެލް

ވައު ކިޑްސް ރަން ހަރަކާތުގެ ތެރެއިން ލިބުނު ފައިސާ އާކް އާއި ހަވާލު ކުރަނީ--ފޮޓޯ:ބީއެމްއެލް

މި ދުވުމާ ގުޅުވައިގެން ބީއެމްއެލުން ތައާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމެއް ތައާރަފްކުރި އެވެ. އެ މެދުވެރިކޮށް ލިބުނު 250،105ރ. ވަނީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އާކް އާ ހަވާލުކޮށްފަ އެވެ. މި ފައިސާ ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.

އާކުން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ، ކުޑަކުދިންނަށް ބުލީ ކުރުމާ ދެކޮޅު ކެމްޕޭން 'ބީޓް ބްލީން' އަށެވެ.