Roadha Mihaaru
ހޯރަފުށީ މަގު ހެދުމުގެ ބޮޑު ބައެއް ނިންމައިފި

ހޯރަފުށީ މަގު ހެދުމުގެ ބޮޑު ބައެއް ނިންމައިފި

15 މެއި 2022

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ 84 ޕަސެންޓް ނިންމާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ 84 ޕަސެންޓް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެ 36 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ. އަދި ކަބްސްޓޯން ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހަދާނެ އެވެ. މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

މި މަޝްރޫއަށް 72 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ހޯރަފުށީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުގައި ގިނަ ޕްރޮޖެކްޓްތަކެއް އެމްޓީސީސީން އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް ހިމެނެ އެވެ.