ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
29 ސެޕްޓެމްބަރ 2022
ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގައި ތާރުއަޅަން ވަނީ ހަމަޖެހިފަ އެވެ.
ހޯރަފުށި މަގުހެދުމުގެ މަޝްރޫއުގެ ދަށުން 25،909 އަކަމީޓަރުގެ ސަރަހައްދުގައި ސަބްބޭސް ހަދައި، އޭޕީ ފަށަލަ އެޅުމާ އެކު ތާރު އެޅުން ހިމެނެ އެވެ.
މަގުމަތީ ނިޝާން ހަރުކުރުމާއި، 11،113.8 އަކަމީޓަރުގެ ޕޭވްމެންޓް ހެދުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ. އެއީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ހޯރަފުށީގައި އެ ރަށު ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރުއޫ ވެސް ކުރިއަށް ގެންދެ އެވެ.
މިނިސްޓަރު އަސްލަމްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި އެ ރަށު ކައުންސިލްގެ ރައީސް އަދި މެންބަރުންގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
އެމްޓީސީސީއަށް ހަތް ބިލިއަން ރުފިޔާގެ މަޝްރޫއު
ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި
ޖަޒީރާ ރަށްތަކަކީ ތަރައްގީއަށް ހުރަހެއް ނޫން: އަސްލަމް
ދަތުރުފަތުރުގެ 800 މިލިއަން ރުފިޔާގެ މަޝްރޫއު މާދަމާ
ހޯރަފުށީ މަގު ހެދުމުގެ ބޮޑު ބައެއް ނިންމައިފި
ހޯރަފުށީގެ މަގުތައް ހަދަން ފަށައިފި
ގެއްލުންވީ އެއާޕޯޓްގައި ތޮށި ލާން އުޅެނިކޮށް: އަސްލަމް
ހޯރަފުށީގެ މަގު ހެދުން އެމްޓީސީސީއާ ހަވާލުކޮށްފި
ތިން އަހަރުން މުޅި ރާއްޖެ ފެރީން ގުޅާލެވޭނެ: އަސްލަމް
ދުވާފަރުގެ މަގުތަކުގެ ދެވަނަ ފިޔަވަހި ފަށައިފި