Roadha Mihaaru
ނެޓްފްލިކްސް އިން ލައިވް ސްޓްރީމިން ފަށަނީ

ނެޓްފްލިކްސް އިން ލައިވް ސްޓްރީމިން ފަށަނީ

16 މެއި 2022

ނެޓްފްލިކްސްގެ ހިދުމަތް ފުޅާކުރުމަށް ލައިވް ސްޓްރީމިންގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

ނެޓްފްލިކްސްގެ ހިދުމަތް ފުޅާކުރުމަށް ލައިވް ސްޓްރީމިންގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

ޑެޑްލައިން އިން ރިޕޯޓްކުރި ގޮތުގައި، ނެޓްފްލިކްސް އިން އަންނަނީ ސްޓޭންޑް އަޕް ސްޕިޝަލްސްއާ އަދިވެސް އިތުރު ލައިވް ކޮންޓެންޓް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ހިދުމަތް ތައާރަފުކުރުމުން، ރިއަލިޓީ ޝޯތައް ވެސް ލައިވްކޮށް ދައްކާނެ ކަމަށް ޑެޑްލައިން ބުންޏެވެ.

ނެޓްފްލިކްސް އިން މި އަހަރު ވަނީ އެ ޕްލެޓްފޯމުގެ ފުރަތަމަ ލައިވް އަދި އިން ޕާސަން ކޮމެޑީ ފެސްޓިވަލް ކަމަށްވާ "ނެޓްފްލިކްސް އިޒް އަ ޖޯކް ފެސްޓް" ބާއްވައިފަ އެެވެ. އެމެރިކާގެ ލޮސް އެންޖެލަސްގައި ހަފުތާއެއް ވަންދެން ބޭއްވި އެ ފެސްޓިވަލުގައި 130 އަށް ވުރެ ގިނަ ކޮމީޑިއަނުން ބައިވެރިވި އެވެ.

އެ ފެސްޓިވަލުގެ ޝޯތައް މި މަހު ފަހުކޮޅު ސްޓްރީމް ކުރަން ފަށާނެ އެވެ.

ލައިވް ސްޓްރީމިންގެ ރޭހަށް ނެޓްފްލިކްސް އެ ނިކުންނަނީ އެ ކުންފުންޏާ މިހާރު އެންމެ ވާދަވެރި، ޑިޒްނީ ޕްލަސް އިން އެ ހިދުމަތް ފަށާފައި ވަނިކޮށެވެ. މިދިޔަ ފެބްރުއަރީ މަހު ބޭއްވި އޮސްކާ އެވޯޑަކީ ޑިޒްނީ ޕްލަސް އިން ފުރަތަމަ ލައިވް ސްޓްރީމް ކުރި އިވެންޓެވެެ.

އާ ހިދުމަތެއް ތައާރަފުކުރަން އުޅޭއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ނެޓްފްލިކްސް ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. އެ ސްޓްރީމިން ޕްލޭޓްފޯމުން ގިނަ އަދަދެއްގެ ކަސްޓަމަރުން ވަކިވި އެވެ.