18 މެއި 2022
ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ފިންލޭންޑާއި ސްވިޑްންގެ ފަރާތުން ރަސްމީކޮށް މިއަދު ނޭޓޯ އަށް ހުށަހަޅައިފި އެވެ. އެކަން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލެންޓްބާގް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ފިންލޭންޑާއި ސްވިޑްންގެ ފަރާތުން ރަސްމީކޮށް މިއަދު ނޭޓޯ އަށް ހުށަހަޅައިފި އެވެ. އެކަން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލެންޓްބާގް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އެ ދެ ގައުމުން މިއަދު ނޭޓޯ އަށް އެކަން ހުށަހަޅާނެކަން، ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލޭނާ އެންޑާސަން އާއި ފިންލޭންޑްގެ ރައީސް ސައުލީ ނީނިސްޓޯ ރޭގައި އިއުލާންކުރެއްވުމާ ގުޅިގެން ވިލާތުގެ ގައުމުތަކުން ދިޔައީ އެކަމަށް މަރުހަބާ ކިޔަމުންނެވެ. ދެ ބޭފުޅުން އެކުގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިދާޅުވީ އަސްކަރީ ގޮތުން ވަކި ފަރާތަކަށް ނުޖެހި އަހަރުތަކެއް ވަންދެން އޮތުމަށް ފަހު، އެ ސިޔާސަތު ބަދަލުކޮށް އަސްކަރީ ގޮތުން ހުޅަނގުގެ ސިޔާސަތަށް ބުރަވުމަށް ނިންމާފައިވާ ކަމަށެވެ.
ދެ ބޭފުޅުންގެ ވާހަކައިން ވެސް އެނގުނީ، އެ ދެ ގައުމު ނޭޓޯއާ ގުޅުމުގެ މަސައްކަތް ހަލުވި ކުރީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން، އެ ދެ ގައުމަށް ވެސް ސަލާމަތީ ރައްކާތެރިކަން ކަށަވަރުވާނީ ނޭޓޯއާ ގުޅުމުން ކަމަށް އެ ދެ ގައުމަށް ގަބޫލުކުރެވޭތީ އެވެ.
Honoured to receive the applications for #Finland's & #Sweden's membership in #NATO. This is a good day at a critical time for our security. Your applications are an historic step. https://t.co/IH6Vj25FZK
— Jens Stoltenberg (@jensstoltenberg) May 18, 2022
ފިންލޭންޑާއި ސްވިޑްން ނޭޓޯއާ ގުޅުމާ ބެހޭ ގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްއާ ހަވާލު ކުރެއްވީ، އެ ދެ ގައުމުން ނޭޓޯ އަށް ކަނޑައަޅާފައި ތިބޭ ސަފީރުންނެވެ. އަދި މިކަމާ ގުޅޭ ގޮތުން ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލޭނާ އެންޑާސަން އާއި ފިންލޭންޑްގެ ރައީސް ސައުލީ ނީނިސްޓޯ މާދަމާގެ ވަގުތެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ވެސް ބައްދަލުކުރައްވާނެ އެވެ.
ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ފިންލެންޑުން ހުށަހެޅި ނަމަވެސް، އެ ގައުމަށް ނޭޓޯގެ މެމްބަރަކަށް ވެވޭނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ރުހުން ލިބިގެންނެވެ. ވެރިކަން ކުރާ ޕާޓީން އެކަމަށް ތާއީދުކޮށްފައި ވުމުން، ގާނޫނު ހަދާ މަޖިލީހުގެ ރުހުން އެކަމަށް ލިބުމުގައި މާ ބޮޑު ދަތިތަކެއް ކުރިމައްޗެއް ނުވާނެ އެވެ.
ސްވިޑްން، ނޭޓޯގެ މެމްބަރަކަށް ވުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރި އެވެ. ގިނަ މެމްބަރުން އެކަމަށް ތާއީދުކުރެއްވި ނަމަވެސް، ބައެއް މެންބަރުން އެކަމަށް ފާޅުގައި ދެކޮޅު ހެއްދެވި އެވެ. ނަމަވެސް އެ ގައުމުގެ ދުސްތޫރީ ހަމަތައް ކަނޑައެޅިފައި އޮތް ގޮތުން، ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް، ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހޭނެ އެވެ.
އެ ދެ ގައުމު ނޭޓޯގައި ބައިވެރި ކުރުމަށް، އެ ޖަމާއަތުގެ ހުރިހާ ގައުމެއްހެން ތާއީދު ކުރެ އެވެ. ނަމަވެސް ތުރުކީ ވިލާތުން ވަނީ އެކަމަށް ފާޅުގައި ދެކޮޅު ހަދައިފަ އެވެ. ތުރުކީ ވިލާތުން ބުނާ ގޮތުގައި، ތުރުކީ ވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފިންލޭންޑާއި ސްވިޑްންއަކީ ވެސް ޓެރަރިޒަމަށް ވާގިވެރިވާ ދެ ގައުމެވެ.
ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް އެ ޖަމާއަތުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ނަމަ، އެ ޖަމާއަތުގައި ބައިވެރިވުމަށް ހުށަހެޅުމުގެ ހައްގު، ވިލާތުގެ ކޮންމެ ގައުމަކަށް ވެސް ލިބިގެންވެ އެވެ. އެއަށް ފަހު އެ ގައުމަކަށް ނޭޓޯގެ މެމްބަރުކަން ލިބޭނީ، އެ ޖަމާއަތުގައި އެ ވަގުތަކު ހިމެނޭ ހުރިހާ މެމްބަރު ގައުމުތަކުން އެކަމަށް ތާއީދުކުރާ ނަމަ އެވެ.
ނޭޓޯގެ ޑިޕްލޮމޭޓުން ބުނާ ގޮތުގައި އެ ދެ ގައުމުން ހުށަހަޅާ ހުށަހެޅުންތައް، އެ ޖަމާއަތުގެ ކޮންމެ ގައުމެއް ވަކިން ދިރާސާކޮށް ގޮތެއް ކަނޑައަޅައިގެން މެމްބަރުކަން ލިބުމަށް އަހަރެއްހާ ދުވަސް ނަގާނެ އެވެ. ނޭޓޯގެ މެމްބަރު ގައުމެއްގައި ހުރުން ލާޒިމް ކުރާ ޝަރުތުތަކުގެ ތެރެއިން، ގިނަ ޝަރުތުތައް މިހާރު އެ ދެ ގައުމުން ވެސް ވަނީ ފުރިހަމަ ކޮށްފަ އެވެ.
ފިންލޭންޑާއި ސްވިޑްން، ނޭޓޯގެ މެމްބަރުކަން ހޯދުމަށް ރަސްމީކޮށް މި ހުށަހަޅަނީ، އެކަން އެ ގޮތަށް ނުކުރުމަށް، ފިންލޭންޑާ އިންވެގެން އޮތް ރަޝިޔާ އިން، ތަކުރާރުކޮށް އިންޒާރު ކުރަމުން ދަނިކޮށެވެ. ރަޝިޔާ އިން ބުނެފައިވަނީ ފިންލޭންޑާއި ސްވިޑްން، ނޭޓޯއާ ގުޅުމަކީ އެ ދެ ގައުމުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް ދެމިގެންދާނެ ނުބައި ނަތީޖާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.
"އެމީހުންގެ އެ ވިސްނުން އަހަރެމެން އެހާ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭނެ ކަމަށް އެމީހުން ޚިޔާލަށް ވެސް ގެނެސްގެން ނުވާނެ. އެ ނިންމުމަކީ، ދިގު މުއްދަތަށް ދެމިގެންދާ ނުބައި ނަތީޖާތަކަކާ ކުރިމަތިކުރުވާނެ ފަދަ ވަރަށް ބޮޑު ނުބައެއް،" ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގޭ ރީބަކޯވް، ޓާސް ނޫސް އޭޖެންސީ އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ފިންލޭންޑާއި ސްވިޑްންއަށް އެމެރިކާގެ ސެނެޓުން ރުހުންދީފި
ނޭޓޯ ފުޅާކުރުމަށް ތުރުކީ އެއްބަސްވެއްޖެ
ފިންލޭންޑާއި ސްވިޑްން ނޭޓޯއަށް ވައްދަން ތުރުކީ ދެކޮޅު
ނޯޑިކް ގައުމުތަކަށް ރަޝިޔާގެ އިންޒާރެއް
ފިންލޭންޑް، ނޭޓޯއާ ގުޅުމަކީ ހަދާ ވަރަށް ބޮޑު ގޯހެއް
ރަޝިޔާގެ ބޯޓުތައް ޑެންމާކާއި ސްވިޑްން އަށް ވަންނަނީ
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
ނޭޓޯ ހަނގުރާމައަށް ވަންނަނީތޯ ސުވާލު އުފެދޭ: ރަޝިޔާ