19 މެއި 2022
ވ. އަތޮޅުގެ ފަޅެއް ކައިރިން، މަރުވެފައި އޮތް ބޮޑުމަހެއް އޮޔާދާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ.
ވ. އަތޮޅުގެ ފަޅެއް ކައިރިން، މަރުވެފައި އޮތް ބޮޑުމަހެއް އޮޔާދާ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފި އެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ މަޑަން ގިރި ކިޔާ ފަޅެއް ކައިރިން 50 ފޫޓުގެ ބޮޑުމަހެއް ފެނިގެން އެ އަތޮޅުގެ ފުލުހުން އަތޮޅު ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެ މަސް އޮތީ މަރުވެ ކުނިވެގެން މައްޗަށް އަރައިފައި ކަމަށް ބެލެވެ އެވެ. ޝުޖާއު ވިދާޅުވީ އެއިން ކޮންމެވެސް ވަރަކަށް ކުނި ވަސް ވެސް ދުވާ ކަމަށެވެ.
"ފުރަތަމަ ފެނުނީ މަސްވެރިންގެ ބަޔަކަށް. ފުލުހުން އަޅުގަނޑުމެންނަށް ރިޕޯޓް ކުރީ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޮޓޯ އާއި ވީޑިއޯ ނަގަން ވެސް އެ ސަރަަހައްދަަށް ބައެއް މީހުން ވަނީ މިހާރު ގޮސްފަ އެވެ. އަދި އެ މަސް ކޮންމެވެސް ރަށަކަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ މީތި އެހެން ގޮތަކަށް ބޭނުން ކުރަން. ކަށިކޮޅު ނަމަވެސް ބޭނުންކުރާ ކަހަލަ ގޮތަކަށް މި ވިސްނުން ހުރީ. އެކަމަކު މޫސުން އޮތް ގޮތުން ވެސް އެހާ ފަސޭހަ ނުވެގެން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.
ބޮޑުމަސް އޮތް ފަޅާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކީ އެ އަތޮޅު ތިނަދު އެވެ. އަދި ތިނަދު އާއި ކެޔޮދުއާ ދެމެދު މަޑުއްވަރި ފަޅު ކިޔާ ފަޅެއް އޮވެ އެވެ.
"ގާތްގަނޑަކަށް މަހުގެ ދިގުމިނުގައި ސާޅީސްފަހެއް ނޫނީ ފަންސާސް [ފޫޓު] ހުންނާނެ އެންމެ ކުޑަ ވެގެން ވެސް،" ޝުޖާއު ވިދާޅުވި އެވެ.
މާލެ/ވިލިމާލެ ކަނޑުއޮޅިން މީގެ ހަތަރު އަހަރު ކުރިން ވަނީ ބޮޑުމަހެއް ފެނިފަ އެވެ. އަދި ބ. ގޮއިދޫ ފަޅުތެރެއިން މީގެ ފަސް އަހަރު ކުރިން ވަނީ ބޮޑުމަހެއް ފެނިފަ އެވެ. ނަމަވެސް ބޮޑުމަސް ފެނުމަކީ ރާއްޖޭގައި މާ އާންމު ކަމެއް ނޫނެވެ.
މި ބޮޑުމަސް ވ.އަތޮޅުގައި ބުރުއަޅާ މަންޒަރު ހިތްގައިމު
ޖާދޫގައި ޖައްސަމުން ބޮޑުމަސް ފ. އަތޮޅަށް
ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ
ބޮޑުފިނޮޅުގައި ރިސޯޓް ހަދާތީ ކައުންސިލްގެ ކަންބޮޑުވުން
ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ، ކުނިވެއްޖެ
ލައްގާ މަސްތައް ރައްކާތެރިގޮތުގައި ނައްތާލަން އަންގައިފި
ވ. އަތޮޅުގެ ފަޅެއް ހިއްކައި ޕިކްނިކް އައިލެންޑެއް
ޕިކްނިކް އައިލެންޑަކަށް ކައުންސިލުން ބޭނުމީ ހުޅިދޫ!
ވ. އަތޮޅުގައި އެއާޕޯޓެއް ހަދަން އިންވެސްޓަރުން ހޯދަނީ
ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން ކޯޓުން ނުހުއްޓުވި