ރާއްޖޭގެ ހަތަރު އަތޮޅެއްގެ 31 ރަށަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރު މާލެ ވަޑައިގެންފި އެވެ.
27 ސެޕްޓެމްބަރ 2025
ރާއްޖޭގެ ހަތަރު އަތޮޅެއްގެ 31 ރަށަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރު މާލެ ވަޑައިގެންފި އެވެ.
އަށް ދުވަހުގެ އެ ދަތުރުފުޅު ރައީސް ފެއްޓެވީ މި މަހު 19 ވަނަ ދުވަހު އެވެ. އެ ދަތުރުފުޅުގައި ވ. މ. ފ. އަދި ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާ ގުޅޭ ބައެއް މަޝްރޫއުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިގްތިސާދު ފުޅާކުރެއްވުމާގުޅޭ މުހިންމު ނިންމެވުންތައް ވަނީ ނިންމަވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގާދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި އެ ހަތަރު އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުމަށް ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާ ކޮށްދެއްވުމުން އެމަނިކުފާނު ބޭނުންފުޅުވި ކަންކަން ހާސިލްވި އެވެ.
- އޭޓީއެމް ނުހުޅުވި ހުރި ހުރިހާ ރަށެއްގައި އެ ހިދުމަތް ފެށުން
- ވ. އަތޮޅުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރި
- ވ. ގައި ފަސް މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށިގެންދިޔަ
- ވ. ގައި 4 މަޝްރޫއު ނިންމައި ނިންމައި ހުޅުވި
- ފ. އަތޮޅުގައި 10 އެއްބަސްވުމުގައި ސޮއި ކުރި
- ފ. އަތޮޅުގެ 13 މަޝްރޫއުއެއްގެ މަސައްކަރް ފެށި
- ފ. ގެ ހަ މަޝްރޫއު ނިންމައި ހުޅުވި
- މ.ގައި ހަ މަޝްރޫއުގައި ސޮއި ކުރި
- މ. ގެ 13 މަޝްރޫއުގެ މަސައްކަތް ފެށި
- މ.ގެ ދެ މަޝްރޫއު ނިންމައި ހުޅުވި
- ތ. އަތޮޅުގައި 20 މަޝްރޫއުގައި ސޮއި ކުރި
- ތ. އަތޮޅުގެ 29 މަޝްރޫއުގެ މަސައްކަތް ފެށި
- ތ. އަތޮޅުގެ 12 މަޝްރޫއުއެއް ނިންމައި ހުޅުވި
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
"ޒަމާންތަކެއް ވަންދެން ތަރައްގީގެ ރާޑަރުން ކައްސާލާފައި އޮތް ކޮޅުމަޑުލު މި ވަނީ ތަރައްގީގެ ރާޑަރުގެ ސީދާ މެދަށް ގެނެވިފައި، އެއީ ހަމަހަމަކަން ގާއިމުކުރުން. އެއީ އަދުލުވެރިކަން ޔަގީންކުރުން. އެއީ އިންސާފުވެރިކަން. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރަކުން ކަންކަން ކުރަން ޖެހޭނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން އެ ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގަތެވެ.
ރައީސް، ހަތަރު އަތޮޅަކަށް ފުރާވަޑައިގެންފި
ރަކީދޫން ބަދަލުވުމާ މެދު ކައުންސިލްގެ ހިޔާލު ތަފާތު!
ބޮޑެތި ރަށްރަށަށް ބަދަލުވާން ހިތްވަރު ދެން: ރައީސް
ތ. ގެ ފެރީ ނިޒާމަކީ ރާޑަރަށް އެރުވުމުގެ މަސައްކަތެއް
އެސްޓީއޯއިން މިރުސްގެނަޔަސް ކަނޑޫދުއަށް ގެއްލުމެއް ނެތް
މަނާކުރި އޮންލައިން ބައެއް ކޯހަށް ހުއްދަދޭން މަޝްވަރާ
ނާލާފުށިން 15 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއަށް
ރަށުން ބަދަލުވުމާ މެދު ރަތްމަންދޫ ބޮޑު ދެބަސްވުމެއްގައި
ބަނދަރުގެ ޔަގީންކަމާ އެކު މަޑުއްވަރީއަށް އުއްމީދެއް
ޓޫރިޒަމްގެ ހުއްދަ ނުލިބި ޕްރޮޖެކްޓެއް ލަސްވާތީ ޝަކުވާ