ގއ. ވިލިނގިލީ ނެރުމަތީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އެކަކަށް ފަރުވާ ދެނީ އައިސީޔޫގައި ބާއްވައިގެން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
22 މެއި 2022
ގއ. ވިލިނގިލީ ނެރުމަތީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އެކަކަށް ފަރުވާ ދެނީ އައިސީޔޫގައި ބާއްވައިގެން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އައިސީޔޫގައި އޮތީ، ދެ މީހަކު މަރުވި އެކްސިޑެންޓްގައި ހާލު ދެރަވެގެން ވެންޓިލޭޓަރަށް ލީ މީހާ ކަމަށެވެ.
އެމްއެންޑީއެފުން، ޒަހަމްވި މީހުން މާލެ ގެނައީ ރޭ ފަތިހު 4:00 ހާއިރު ކަމަށް ވަނީ ބުނެފަ އެވެ.
ހާލު ދެރަވެގެން މާލެ ގެނައި އަނެއް ދެ މީހުންގެ ހާލަތެއް އަދި ނޭނގެ އެވެ. ނަމަވެސް އެ މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ބާއްވައިގެން ކަމަށް ވަނީ އެނގިފަ އެވެ.
ޕުލްމަން ރިސޯޓުން ފުރައިގެން ވިލިނގިއްޔަށް ކުރި ދަތުރުގައި ވިލިނގިލީ ނެރުގެ ފައިކައްޓަށް ލޯންޗު އަރައި ހިނގި އެކްސިޑެންޓްގައި މަރުވީ ވިލިނގިލި ދޫރެސް، މިސްބާހު އަބްދުލް މުހުސިނާއި ނ. ލަންދޫ އުރަހަ، މުހައްމަދު ޝާފިއު އެވެ.
އެނގިފައިވާ ގޮތުގައި މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަނީ މިސްބާހުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އިސްހާގު އަބްދުލް މުހުސިނަށެވެ.
ލޯންޗުގައި ދަތުރުކުރި ބައެއް މީހުން ވިލިނގިއްޔަށް ދިޔައީ ކައިވެނި ޕާޓީއަކަށް ކަމަށް އެނގިފައިވެ އެވެ. މިއަދު ކައިވެނިކުރަން ހަމަޖެހިފައި އޮތީ ލަންދޫގެ ފިރިހެނަކާއި ވިލިނގިލީގެ އަންހެނަކު ކަމަށް އެނގިފައި ވެ އެވެ.
އެކްސިޑެންޓްގައި މަރުވި މިސްބާހު (ކ) ގައި އަދި ޝާފިއު
ކައިވެނިކުރާ ފިރިހެންމީހާ އަކީ މަރުވި ޝާފިއުގެ ބޭބެ އެވެ. ކައިވެނިކުރާ އަންހެން މީހާ އަކީ މަރުވި މިސްބާހުއާ އާއިލީ ގުޅުމެއް އޮންނަ މީހެކެވެ.
ލޯންޗުގައިި ދަތުރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކީ ލަންދޫ މީހުންނެވެ. އަދި އަނެއް ތިން މީހުންނަކީ ވިލިނގިލީ މީހުންނެވެ. ދެން އިން ލަންދޫ މީހާއަކީ ޝާފިއުގެ ބޮޑުބޭބެއެކެވެ.
މި ހާދިސާގެ މަންޒަރުދުށް ބައެއް މީހުން ބުނި ގޮތުގައި ނެރުމައްޗަށް ލޯންޗު އަރަން ދިމާވީ ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުންނެވެ.
ޝާފިއު އާއި މިސްބާހު ދަތުރުކުރީ ކައިވެންޏަކަށް ދާން
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލުމުގައި އިހުމާލުތައް ގިނަ
ގެއެއްގެ ވައިގޮޅިއަށް "ވެއްޓުނު" މީހަކު މަރުވެއްޖެ
"ދެ މީހަކު މަރުވި ހާދިސާގެ ތަހުގީގު ފަށައިފިން"
ކޮޅުވެއްޓި ބަންޑުންޖަހާލުން: ދިވެހި މީހާ ނިޔާވެެއްޖެ
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
އިންޓަގެ ކީޕަރުގެ ކާރުންޖެހި 81 އަހަރުގެ މީހަކު މަރު
ގެއްލުނު ތިން ވަަނަ މީހާގެ ހަށިގަނޑު ވެސް ފެނިއްޖެ
ގެއްލުނު ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ