27 މެއި 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގި މައްސަލާގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގި މައްސަލާގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އިދިކޮޅު ޕާޓީތަކުން އިސްވެ ތިބެ ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ޔާމީންގެ ގެކޮޅު ހ.ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާ މިދިޔަ މަހު ފުލުހުން ގެންދިޔައީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެ އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުއްވީ ޔާމީނެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާލާފައިވާއިރު، އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އާދިއްތަ ދުވަހު މެންދުރެވެ.
އެ މައްސަލާގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ހޫނު ސުވާލުތައް އަމާޒުވީ ފުލުހުންނަށެވެ. އޭގެ ތެރެއިން ބައެއް ސުވާލުތަކަށް ފުލުހުންނަށް ޖަވާބެއް ވެސް ނުދެވުނެވެ.
އެ މައްސަލަ ނިމޭ ގޮތަކުން، އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ފުލުހުން އަޅާ ފިޔަވަޅުތަކަށް އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.
ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.
ޔާމީންގެ ގެކޮޅުން ބެނާ ނަގަން ނެރުނު އަމުރު ހައިކޯޓަށް
ބެނާ ނަގަން އެންގުން:ޔާމީން ހުށަހެޅުއްވި މައްސަލަ ބޭރު
އިންޑިއާ އައުޓް ބެނާ ނެގީ ގޯސްކޮށް: ހައި ކޯޓް
ބެނާ ނެގި މައްސަލަ: ހައިކޯޓުގެ ސުވާލުތައް ފުލުހުންނަށް
ބެނާ ނެގުމަކީ މުދަލުގެ ހައްގަށް އަރައިގަތުން: ވަކީލުން
ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނުނިމޭ
ޝަރީއަތް ދިގުލައިގެން ހައްގުތަކެއް ގެއްލިއްޖެ: ޔާމީން
ދެވަނަ ހުކުމް ވެސް ބާތިލް، ޔާމީން މިނިވަންވެއްޖެ
ޔާމީންގެ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފި
ޔޫސުފް ނައީމް މިނިވަންކޮށް މައްސަލަ އަލުން ބަލަނީ