30 މެއި 2022
މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމަށް ބޭނުންވާ ދަރިވަރުންނަށް އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމަށް ބޭނުންވާ ދަރިވަރުންނަށް އެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަކީ ރާއްޖޭގެ ސްކޫލުތަކުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީސީސީ އޭ ލެވެލް އިމްތިހާނުގެ ތިން މާއްދާ އާއި ދިވެހި އިސްލާމުން "އޭ ސްޓާ" ހާސިލުކޮށްފައިވާ ދަރިވަރުންނަށް ލިބޭ ސްކޮލަޝިޕެއް ކަމަށެވެ.
ރާއްޖޭގައި އަރަބި މީޑިއަމް އަށް ކިޔަވައިދޭ ސްކޫލަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ ސްޓާ" ހާސިލްކޮށްފައިވާ ދަރިވަރުންނަށް ވެސް އެ ސްކޮލަޝިޕް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.
މިނިސްޓްރީން ބުނީ ރައީސް ދެއްވާ ސްކޮލަޝިޕްގައި ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ދޭނެ ކަމަށެވެ.
ހައި އެޗީވާސް ސްކޮލަޝިޕަކީ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެެރެއިން ޖީސީސީ އޭލެވެލްގެ ތިން މާއްދާ އާއި ދިވެހި އަދި އިސްލާމުން "އޭ" ހޯދައި ދަރިވަރުންނަށް ލިބޭ ސްކޮލަޝިޕެކެވެ.
އެ ސްކޮލަޝިޕް ލިބޭ ކޮންމެ ދަރިވަރަކަށް އެ ދަރިވަރަކު ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަކުރުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސާނެ އެވެެ. އަދި އެ ދަރިވަރުން ޓްރޭނިން ނީޑްސްގައި ހިމެނޭ ދާއިރާއަކުން ކަނޑައެޅިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައި ދޭނެ އެވެ.
އެ ސްކޮލަޝިޕަށް ހުޅުވާލާތާ 18 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަމަށް ކުރިމަތިލެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.
ހައި އެޗީވާސް ސްކޮލަޝިޕް 117 ދަރިވަރަކަށް
މަތީ ތައުލީމްގެ ލޯނު ދިނީ އުސޫލާ އެއްގޮތަށް: މިނިސްޓަރު
ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރުން ކުރިމަތިލައިފި
"ބޭރުގައި ތިބި ދަރިވަރުންގެ ހާލަތު އެބަ ބަލަން"
އެޖެންޓުން ކަމަށްބުނެ ދަރިވަރުންގެ އަތުން ފައިސާ ނަގަނީ
ދަރިވަރުން ވިސްނަންވީ އާ އީޖާދުތައް ކުރަން: ރައީސް
"ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެ ފުށް ހުށަނާޅާތީ"
މަތީ ތައުލީމުގެ ލޯނު ހަމަޖެހުނީ މަދު ބަޔަކަށް
މިހާރު ކިޔަވާ ދަރިވަރުންނަށް އޯއީސީޑީން ފުރުސަތު ދެނީ
ހައިއެޗީވާސް ސްކޮލަޝިޕުން އޯއީސީޑީ ގައުމުތަކުން ކިޔެވޭނެ